ކަސްޓަމްސްގެ އޮފިސަރުންތަކެއް ގޮތްނޭނގޭ ޑޮލަރުތަކެއް ކްލިއަރކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަޢުރުވަމުންދާ ވީޑިއޯއިން ފެންނަނީ ރާއްޖޭގައި ހިންގާ ބޭންކަކުން ހުއްދަ ނަގައިގެން އެތެރެކުރި ޑޮލަރުތަކެއް ކްލިއަރކުރުމުގެ މަސައްކަތްކަމަށް ކަސްޓަމްސްއިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި މިއަދު އާއްމުވި ވީޑިއޯއިން ފެންނަނީ ޑޮލަރު އަޅާފައިވާ ފޮއްޓަކުން، އެ ޑޮލަރުތައް ނަގާ ކަސްޓަމްސްގެ މުޢައްޒަފަކު ޗެކް ކުރަމުންދާ މަންޒަރެވެ. އެ ވީޑިއޯ ޕޯސްޓްކޮށް ސޯޝަލް މީޑިއާގައި ހަބަރު ފަތުރާފައިވަނީ، އެ ޑޮލަރަކީ އަވަށްޓެރި ޤައުމަކުން ނުގަވާއިދުން އެތެރެކޮށްފައިވާ ފައިސާކަމަށް ބުނެއެވެ.
މިކަމާއި ގުޅިގެން ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ވިދާޅުވީ ވީޑިއޯއިން ފެންނަ ޑޮލަރުތަކަކީ އުސޫލުގެ ތެރެއިން، ނަގަންޖެހޭ ހުއްދަތައް ނަގައިގެން ރާއްޖެ އެތެރެކޮށްފައިވާ ފައިސާކަމަށެވެ. އަދި ކަސްޓަމްސްއިން ޑިކްލެއަރކޮށްފައިވަނީވެސް ޢަމަލުކުރަން އޮންނަ އުސޫލުންކަމަށާއި މިއީ އަބަދުވެސް ބޭންކުތަކުން ޢަމަލުކުރަން އަންނަ އުސޫލުކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.
🚨 Breaking News
އިންޑިއާއިން ރާއްޖެ އެތެރެކޮށްފައުވާ ގިނަ އަދަދެއްގެ ޑޮލަރު ކަސްޓަމްސް ކުލިއަރެންސް ދިން މަންޒަރުގެ ވީޑިއޯ ލީކް ވެއްޖެ. pic.twitter.com/0XqR4IGKq2
— MaagiriNews (@MaagiriNews) September 2, 2023
ކަސްޓަމްސްގެ ބަޔާނުގައި ވަނީ މިފަދަ ވީޑިއޯތައް، އާއްމުންނަށް ހަގީގަތް އޮޅޭގޮތަށް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ