"ޓައިގާ 3″ ގެ ޕޯސްޓަރު ދައްކާލައިފި

"ޓައިގާ 3″ ގެ ޕޯސްޓަރު ދައްކާލައިފި

Author
ފާތިމަތު ނާވީ
05 ސެޕްޓެމްބަރ 2023 07:58
0

"ޓައިގާ" ފްރެންޗައިޒްގެ ތިނަވަނަ ފިލްމް "ޓައިގާ 3″ ގެ ޕޯސްޓަރު ދައްކާލައިފިއެވެ.

މަނީޝް ޝަރުމާ ޑައިރެކްޓް ކޮށ،ް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށްފައިވާ "ޓައިގާ 3″ އަކީ މިހާރު ޝޫޓިން ނިންމައި ފައިވާ ފިލްމްއެކެވެ. މި ފިލްމް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޝޫޓް ކޮށްފައިއެވެ.

ކެޓްރީނާ ކައިފް އާއި ސަލްމާން ހާންގެ އިތުރުން "ޓައިގާ 3″އިން އިމްރާން ހާޝިމީ ވެސް ފެނިގެންދާނެއެވެ. އެ ފިލްމު ތިން ބަހަކުން ނެރޭނެއެވެ. އެއީ ހިންދީ އާއި ތަމަޅަ އަދި ތެލޫގޫއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

"ޓައިގާ 3″ އަކީ ވައިއާރްއެފުން ސަލްމާނާއި ކެޓްރީނާ ކައިފާ އެކީ ގެނެސްދޭ ފްރެންޗައިޒެކެވެ. މީގެ ފުރަތަމަ ބައި "އޭކް ތާ ޓައިގާ" ކަބީރު ޚާން ލިޔެ، ޑައިރެކްޓްކޮށް ގެނެސްދިނީ 2012 ގަ އެވެ. އަދި އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓްކޮށް "ޓައިގާ ޒިންދާ ހޭ" ގެނެސްދިނީ 2017 ގަ އެވެ. މި ފްރެންޗައިޒްގައި ސަލްމާން އާއި ކެޓްރީނާ ފެނިގެންދާނީ އެޖެންޓުންގެ ގޮތުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.