"ވޯ 2″ އަޅުވާނީ 2025 ގައި

"ވޯ 2″ އަޅުވާނީ 2025 ގައި

Author
ފާތިމަތު ނާވީ
04 ސެޕްޓެމްބަރ 2023 08:05
0

2019 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ވޯ″ ގެ ދެވަނަ ބައި "ވޯ 2″  ސިނަމާތަކުގައި އަޅުވާނީ 2025 ގައި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި އެ ފިލްމު އުފެއްދި ޔާޝްރާޖް ފިލްމްސް ވަައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ އާއި "ވޯ" ގެ ސްކްރީން ރައިޓަރު ޝްރިދާރް ރަގްވަން ވަނީ މިހާރު ފިލްމް ގެ ސްކްރިޕްޓް ނިންމައިފައިއެވެ. އަދި ބާރު ސުޕީޑުގައި ކުރިއަށް ދަނީ ޝޫޓިންގ އަށް ތައްޔާރު ވުމުގެ މަސައްކަތް ކަމަށެވެ.

ބޮލީވުޑްގެ ތަރި، ރިތިކް ރޯޝަން އާއި ދެކުނު އިންޑިއާ ސިނަމާގެ ތަރި، އެންޓީ ރާމާ ރާއޯ ޖޫނިއާ ލީޑު ރޯލު ކުޅޭ "ވޯ 2″ އަކީ 2019 ވަނަ އަހަރު ނުކުތް އެ ފިލްމުގެ ފުރަތަމަ ބައިގެ ސީކުއެލްއެކެވެ. އެ ފިލްމު ޑައިރެކްޓުކުރަނީ މިދިޔަ އަހަރު ނުކުތް "ބްރަހަމާސްތުރީ"ގެ ޑައިރެކްޓަރު އަޔަން މުކަރުޖީއެވެ.

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ "ވޯ" އަކީ "އޭކް ތާ ޓައިގާ"  އާއި "ޓައިގާ ޒިންދާ ހޭ" އަށް  ފަހު ވައިއާރްއެފްގެ ތިން ވަނަ ޖާސޫސީ ފިލްމެވެ. އެކަމަކު އެ ފިލްމަކީ ކުރީގެ ޓައިގާ ފިލްމުތަކާ ސާފު ގުޅުމެއް ނެތް ސޯލޯ ފިލްމެއްގެ ގޮތުގައި އުފެއްދި  ފިލްމެކެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމު ނެރޭނީ އިންޑިއާގެ ޖުމްހޫރީ ދުވަހާ ދިމާކޮށް 2025 ވަނަ އަހަރުގެ ޖެނުއަރީގަ އެވެ. ކޮންމެ އަހަރެއްގެ އެ ދުވަސްވަރަކީ ފިލްމުތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދުވަސްވަރު ކަމަށް ފެންނާތީ ދިނީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.