އާސެނަލް ބަލިކޮށް ޓޮޓްނަމް އެއްވަނައަށް

އާސެނަލް ބަލިކޮށް ޓޮޓްނަމް އެއްވަނައަށް

އިނގިރޭސި ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް އިން ރޭ އަމިއްލަ ދަނޑުގައި 2-0 އިން އާސެނަލް ބަލިކޮށް ލީގު ތާވަލުގެ އެއް ވަނައަށް އަލުން އަރައިފި އެވެ.

މެޗުގައި ޓޮޓެންހަމްގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ހެރީ ކޭން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ސޮން ހެއުން މިން އެވެ. ދެ ވަނަ ލަނޑު ކޭން ޖެހީ ސޮން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ކޭން ވެފައިވަނީ ލަންޑަން ޑާބީގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށެވެ. އޭނާ ވަނީ ލަންޑަން ޑާބީގައި މިހާތަނަށް 11 ލަނޑު ޖަހާފަ އެވެ. ސޮން އާއި ކޭން އެކުގައި ވަނީ މި ސީޒަނުގެ ލީގުގައި 10 ލަނޑު ޖެހުމުގައި ބައިވެރިވެފަ އެވެ.

ލީގުގައި ރޭ ލެސްޓާ އިން ވަނީ ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑް 2-1 އިން ބަލިކޮށްފަ އެވެ. މެޗުގައި ލެސްޓާގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި އަޔޯޒޭ ޕެރޭޒް ކާމިޔާބުކޮށްދިން އިރު މޮޅުވި ލަނޑު މެޗުގެ ފަހު މިނިޓުގައި ޖެހީ ޖެމީ ވާޑީ އެވެ.

ޓޮޓެންހަމް ރޭ ހޯދި މޮޅާ އެކު ލީގުގެ އެއް ވަނައިގައި އޮތީ 11 މެޗުން ލިބުނު 24 ޕޮއިންޓާ އެކު އެވެ. ލެސްޓާ ސިޓީ އޮތީ 21 ޕޮއިންޓާ އެކު ހަތަރު ވަނައިގައެވެ.

އާސެނަލް މިވަގުތު އޮތީ 11 މެޗުން ލިބުނު 13 ޕޮއިންޓާ އެކު ތާވަލުގެ 15 ވަނައިގަ އެވެ. އެޓީމަށް ހަތަރު މޮޅު ލިބުނުއިރު 6 މެޗުން ވަނީ ބަލިވެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *