އެމްޑީޕީ މާލެ ތަސައްވުރު: ސިނަމާލެ ބުރިޖަށް ދެ ލޭނު އިތުރުކޮށް ރޭލު ތަޢާރަފްކުރުން

އެމްޑީޕީ މާލެ ތަސައްވުރު: ސިނަމާލެ ބުރިޖަށް ދެ ލޭނު އިތުރުކޮށް ރޭލު ތަޢާރަފްކުރުން

Author
އައިޝަތު އަޙްމަދު
01 ސެޕްޓެމްބަރ 2023 10:35
0

ސިނަމާލެ ބްރިޖަށް ދެ ލޭން އިތުރުކޮށް، ލައިޓް ރޭލް ތައާރަފު ކުރުމަށް އެމްޑީޕީގެ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

"އުފާވެރި މާލެ" ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ލޯންޗުކުރި މާލެއަށް ގެންގުޅޭ ތަސައްވުރުގައި ވަނީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް ހަމަޖެހުން ގެނައުމަށެވެ. ކާރޫބާރު ކުޑަކޮށް ގިނަ މަޝްރޫޢުތަކެއް ހިންގުމަށް މާލޭގެ ތަސައްވުރުގައި ހިމަނާފައިވެއެވެ.

މާލޭގެ މަގުތަކުގެ ކާރޫބާރު ކުޑަކުރުމުގެ ގޮތުން ވަނީ ސިނަމާލެ ބްރިޖަށް އިތުރު ދެ ލޭން އިތުރުކުރުމަށެވެ. އަދި ރޭލް ޚިދުމަތް ތަޢާރަފްކުރުމަށްވެސް ވަނީ ހިމަނާފައެވެ. އެއީ މާލެއާއި ހުޅުލެ ހުޅުމާލޭގެ އިތުރުން ވިލިމާލެއާއި ތިލަފުށި ގުޅީފަޅު އަދި ގިރާވަރުފަޅު ހިމެނޭގޮތަށެވެ.

މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ހިމަނާފައިވާ އެހެން ބައެއް ކަންކަމުގެ ތެރޭގައި ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ތައާރަފުކުރުމާއި ސްކޫލް ބަސް ތަޢާރަފްކުރުން ހިމެނެއެވެ. އަދި ދުވަސްވީ ވެހިކަލްތައް މަދުކޮށް ހަތަރު ފުރޮޅުލީ އުޅަނދަށް ޚާއްޞާ ޕާކިން ހެދުމަށްވެސް ކަނޑައަޅާފައިވެއެވެ.

ސިނަމާލެ ބްރިޖަށް ދެ ލޭން އިތުރުކުރުމަށް ނިންމާފައިވާއިރު، ސަރުކާރުން އަންނަނީ މާލެއިން ފެށިގެން ގުޅިފަޅާހަމައަށް ބްރިޖަކުން ގުޅާލުމަށް މަސައްކަތްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.