"ޑަބަލް ޓްރަބަލް" ޝާހިދު ދޫކޮށްލައިފި

"ޑަބަލް ޓްރަބަލް" ޝާހިދު ދޫކޮށްލައިފި

Author
ފާތިމަތު ނާވީ
03 ސެޕްޓެމްބަރ 2023 07:34
0

ޑައިރެކްޓަރު އަނީސް ބަޒްމީގެ ފިލްްމ "ޑަބަލް ޓްރަބަލް" އިން ޝާހިދު ކަޕޫރު ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"ޑަބަލް ޓަރްބަލް" އަކީ އޯގަސްޓް މަހުގެ ކުރީކޮޅުގައި ޝޫޓިން ފަށާ ގޮތަށް ޕްލޭންކޮށްފައި އޮތް އެކްޝަން ކޮމެޑީ ފިލްމްއެކެވެ. މިފިލްމް ގައި ޝާހިދު ފެނިގެން ދާނީ ޑަބަލް ރޯލުން ކަމަށް ވެސް ވެއެވެ.

 

View this post on Instagram

 

A post shared by Shahid Kapoor (@shahidkapoor)

ނަމަވެސް މި ފިލްމް ޝާހިދު ދޫކޮށްލީ ޑައިރެކްޓަރާއި ދެމެދުގައި އުފެދުނު ހިޔާލު ތަފާޓު ވުންތަކެއްގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތަށް ބުނެއެވެ. މީ ޝާހިދު އަނީސް އާއި އެކުގައި ކުރާ ފުރަތަމަ މަސައްކަތް ވެސް މެއެވެ.

ނަމަވެސް ޝާހިދު ފިލްމް ދޫކޮށްލުމުން މިހާރު އެ ފިލްމްގެ އެއްވެސް ހަބަރެއްގެ އަޑެއް ނީވެއެވެ. ނަމަވެސް ޝާހިދު ފިލްމް ދޫކޮށްލުމުން އިތުރު އެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެއެވެ.

 

View this post on Instagram

 

A post shared by Anees Bazmee (@aneesbazmee)

ރިޕޯޓްތައް ބުނާ ގޮތުން ޕްރޮޑިއުސަރެއްގެ ގޮތުގައި ދިލް ރާޖޫ ހިއްސާވާ "ޑަބަލް ޓްރަބަލް" ގެ ބަތަލާ އަކީ "ޕުޝްޕާ" ގެ ބަތަލާ ރަޝްމިކާ މަންދަނާ އެވެ. އޭނާ ބޮލީވުޑް އަށް ތައާރަފްވީ އަމިތަބް ބަޗަން ގެ ފިލްމް "ގުޑްބާއީ" އިންނެވެ.

"ޕުޝްޕާ" ގެ ކާމިޔާބީ އާއި އެކުގައި މިހާރު ރަޝްމިކާ އަންނަނީ ވަރަށް ގިނަ ފުރުސަތު ތަކެއް ފަހި ވަމުންނެވެ. ސައުތުގެ އިތުރުން ބޮލީވުޑްގައި ވެސް މިހާރު އޭނާގެ ނަން ހިނގައެއެވެ.

ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ އަނީސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ބޮޑު އެއް ހިޓްގެ ތެރޭގައި ހިމެނޭ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2″ އެވެ. ލީޑުން ކާތިކް އާރިޔާން އާއި ކިއާރާ އަދުވާނީ އަދި ތައްބޫ ފެނިގެން ދިއަ މި ފިލްމް ގެ ތިންވަނަ ބައެއް ވެސް މިހާރު ވަނީ އިއުލާން ކޮށްފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.