ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒުހައިރު އިސްތިއުފާ ދެއްވައިފި

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒުހައިރު އިސްތިއުފާ ދެއްވައިފި

Author
މުޙައްމަދު ޝަޒައިމް
31 އޮގަސްޓް 2023 12:03
0

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި މުހައްމަދު ޒުހައިރު މަގާމުން އިސްތިއުފާދީފިއެވެ.

ޒުހައިރަކީ ސަރުކާރު ކޯލިޝަންގައިި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމު ފުރުއްވަމުން ގެންދެވި ބޭފުޅެކެވެ. ޒުހައިރު އިސްތިއުފާ ދެއްވާފައި ވީނަމަވެސް އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އަދި ސާފެއް ނުވެއެވެ.

ޒުހެއިރު މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު މި ހަފްތާގެ ތެރޭގައި އެ މިނިސްޓްރީގެ ސްޓޭޓަކަށް ހުންނެވި ޑރ. ޝާހް މާހިރުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޝާހް އެ މަގާމު ފުރުއްވަމުން ގެންދެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައެވެ. ނަމަވެސް މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ޖޭޕީ ދޫކުރައްވާ ޝާހް ވަނީ ދަ ޑިމޮކްރެޓްސް ޕާޓީއާ މިހާރު ގުޅިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.