ކަރީނާ ގެ ނެޓްފްލިކްސް ފިލްމް އަންނަ މަހު 21 ގައި

ކަރީނާ ގެ ނެޓްފްލިކްސް ފިލްމް އަންނަ މަހު 21 ގައި

Author
ފާތިމަތު ނާވީ
01 ސެޕްޓެމްބަރ 2023 08:33
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ގެ ފުރަތަމަ އޯޓީޓީ ފިލްމް އަންނަ މަހުގެ 21 ގައި ގެނެސްދިނުމަށް ތައްޔާރު ވެއްޖެއެވެ.

ކަރީނާ އޯޓީޓީ އަށް ތައާރަފްވާ ފިލްމް އަކީ ނެޓްފްލިކްސް އިން ގެނެސްދިނުމަށް ނިންމައިފައިވާ ފިލްމްއެކެވެ. މިގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ކަރީނާ އާއި އޭނާގެ ޓީމުން އަންނަނީ މި ފިލްމްގެ ޕްރޮމޯޝަން ތަށް ކުރިއަށް ގެންދަމުންނެވެ.

މި ފިލްމްގެ ޕްރޮމޯޝަންގެ މަސައްކަތް ކަރީނާ ކުރަމުން އަންނަނަތާ މިހާރު ވަނީ މަހެއްހައި ދުވަސް ވެފައިއެވެ. މިހާރު ޝޫޓިންގ ނިންމައި ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމް ގެ ބައެއް މައުލޫމާތު ތަށް މިހާރު އަންނަނީ މަޑުމަޑުން ތިލަ ކުރަމުންނެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

 

މި ފިލްމް އަކީ 2005 ވަނަ އަހަރު ނުކުތް ޖަޕާނުގެ މިސްޓްރީ ކްރައިމް ވާހަކަ ފޮތެއް ކަމަށްވާ "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެ ވާހަކަ ފޮތަށް ބިނާކޮށް ސައުތު ކޮރެއާ އިން ވެސް 2017 ވަނަ އަހަރު ފިލްމެއް ހަދާފައިވެ އެވެ.

"ޖާނެ ޖާން" ޑައިރެކްޓުކުރަނީ "ކަހާނީ" އާއި "ބަދުލާ" ކަހަލަ މޮޅު ފިލްމުތައް ޑައިރެކްޓުކުރި ސުޖޯއީ ގޯޝް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.