ލޯރެން އެންގޭޖް ވެއްޖެ

ލޯރެން އެންގޭޖް ވެއްޖެ

Author
ފާތިމަތު ނާވީ
29 އޮގަސްޓް 2023 09:37
0

"އޭބީސީޑީ 2″ ގެ ބަތަލާ ލޯރެން ގޮޓްލީބް އޭނާގެ ލަންޑަނަށް ނިސްބަތްވާ ލޯބިވެރިޔާ ޓޮބިއަސް ޖޯންސްއާ އެންގޭޖްވެފައިވާ ކަމަށް ބުނެފި އެވެ.

ލޯރެން ވަނީ އޭނާގެ އިންސްޓަގްރާމް ގައި އެކަން ރަސްމީކޮށް އިއްޔެ އިއުލާން ކޮށްފައިއެވެ. އަދި އޭނާ ވަނީ ޓޮބިއަސްއާ އެކު އެންގޭޖްމަންޓް ހަފްލާގެ ބައެއް ފޮޓޯތައް ހިއްސާ ވެސް ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Lauren Gottlieb (@laurengottlieb)

ލޯރެން ވަނީ 2005 ވަނަ އަހަރުގެ "އެމެރިކަން ޑާންސް ޝޯ ސޯ ޔޫ ތިންކް ޔޫ ކޭން ޑާންސް" ސީޒަން ތިނެއްގައި ބައިވެރިވެފަ އެވެ. އޭނާ ވަނީ މަރިއާ ކެރީ، ބްރިޓްނީ ސްޕީއާސް، ޝަކީރާ ރިހާނާ އަދި އެންރީކޭ އިގްލޭސިއަސް ފަދަ މަޝްހޫރު ހޮލީވުޑްގެ ސެލެބްރެިޓީންނާއި އެކު ޕާފޯމްކޮށްފަ އެވެ.

"އޭބީސީޑީ" ގައި މުހިންމު ރޯލެއް ކުޅުނު ބަތަލާ ވަނީ އިންޑިއާގެ ޓީވީ ޑާންސް ޝޯ "ޖަލަކް ދިކްލާ ޖާ" ގައި ޖަޖެއްގެ ގޮތުގައި މަސައްކަތް ކޮށްފައިއެވެ.

 

 

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.