ޖޭޕީގެ ވެރިކަމެއްގައި ވިހައިގެން ލިބޭ ޗުއްޓީ 1އަހަރަށް، ދަރިފުޅަށް 5000ރ

ޖޭޕީގެ ވެރިކަމެއްގައި ވިހައިގެން ލިބޭ ޗުއްޓީ 1އަހަރަށް، ދަރިފުޅަށް 5000ރ

ގުޅުންހުރި

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އަންހެނުންނަށް ޚާއްޞާ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސެވުމަށް ވަޢުދުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ކުރައްވާ ކެމްޕެއިންގައި ތ.އަތޮޅު ގުރައިދޫއަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ޑރ.އަމީން އިބްރާހީމް ވިދާޅުވީ، އަންހެނުން ވިހައިގެން ލިބޭ ޗުއްޓީ އިތުރުކުރައްވާނެކަމަށެވެ. އެގޮތުން އެޕާޓީގެ ވެރިކަމެއްގައި މިހާރު ލިބޭ ޗުއްޓީގެ އިތުރުން އިތުރު ހަމަހު ގޭގައި ތިބިހެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސަވާނެކަމަށެވެ. އެހެންކަމުން ވިހައިގެން އެއް އަހަރު ދުވަހު ގޭގައި މަޑުކުރުމުގެ ފުރުޞަތު ލިބޭނެކަން އަމީން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަލަށް އުފަންވާ ކުއްޖާއަށް ޢިނާޔަތެއް ދިނުމަށް ނިންމާފައިވާކަމަށްވެސް އަމީން ވިދާޅުވިއެވެ. އެގޮތުން އަލަށް އުފަންވާ ކުއްޖާއަށް 5000 ރުފިޔާގެ އިނާޔަތެއް ދެއްވާނެކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އަންހެނުން ބާރުވެރިކޮށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދެއްވުމަށްވެސް ވަޢުދުވެވަޑައިގެންފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރައްވާ ކެމްޕެއިންގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްވެސް ގެންދަވަނީ އަތޮޅުތެރެއަށް ދަތުރުކުރައްވާ ގިނަ ވަޢުދުތަކެއް ވެވަޑައިގަންނަވަމުންނެވެ. އެގޮތުން ޢުމުރުން ދުވަސްވީ މީހުންނަށް މިހާރު ލިބޭ އެލަވަންސް ފަސް ހާސް ރުފިޔާއިން ހަތް ހާސް ރުފިޔާއަށް ބޮޑުކޮށްދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.

އަދި މެނިފެސްޓޯގައި ކުރުމަށް ނިންމާފައިވާ ކަންކަމުގެ އިތުރުން، ކޮންމެ ރަށަކުން ބޭނުންވާ އިތުރު ފަސްކަމެއް އެރަށަކަށް ކޮށްދެއްވާނެކަމަށް ޤާސިމް އިބްރާހީމް ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ