އައްޑު އަތޮޅުން ފެށިގެން ލ.އަތޮޅާއި ހަމައަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމި އިދާރާއިން އެސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ ފަތިހު ފަހެއް ޖެހުމާ ހަމައަށެވެ. މެޓް އޮފީހުން ބުނީ ލ.އަތޮޅުން ފެށިގެން އައްޑޫގެ ރަށްތަކާހަމައަށް ގުގުރުމައެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މުސޫމާބެހޭ އިދާރާއިން ބުނީ މާދަމާ ހެނދުނު 10 ޖެހުމާ ހަމަޔަށް ދެކުނު އަތޮޅުތައް ފިޔަވައި ދެން ހުރި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. ދެކުނުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަަކީ އެކަށީގެން ވާ ކަމެއްކަމަށާއި، ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފުޓު ހުންނާނެކަމަށެވެ.
ކޮމެންޓު ފޮނުވާ