އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ މުއިއްޒުގެ އިއްޔެ ފުވައްމުލަކަށް ވަޑައިގަތުމުން، އެރަށުން މުއިއްޒުއަށް މަރުހަބާ ކިޔުމުގައި އަދާލަތު ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވިކަމަށް ބުނެ ބައެއް މީޑިޔާތަކުން ރިޕޯޓު ކުރި ޚަބަރުތައް އެޕާޓީން ދޮގު ކޮށްފިއެވެ.
އަދާލަތު ޕާޓީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މިއީ ޑރ. މުއިއްޒަށް ތާއީދުނެތި އުފެދޭ މާޔޫސްކަމުގައި ޕީއެންސީގެ ފަރާތުން ކުރާ ޑެސްޕަރޭޓް ކެމްޕޭނެއް ކަމުގައެވެ. އަދި މިއީ އަދާލަތު ޕާޓީގެ ތާއީދު މުއިއްޒަށް އޮތްކަން ދައްކަން އަދާލަތު ޕާޓީގެ ކުލަ ބޭނުންކޮށްގެން ހިންގާ ސްކޭމްއެއް ކަމުގައިވެސް އަދާލަތު ޕާޓީން ބުނެފައި ވެއެވެ.
އަދި، "މި ދަށުދަރަޖައިގެ އަމަލުގައި" ޑރ މުއިއްޒާ ބައިވެރިވިކަމަށް ބުނާ 13 މީހުންގެ ތެރެއިން 9 މީހުންނަކީ އެ ޕާޓީގެ މެންބަރުންނެއް ނޫންކަން ހާމަކޮށް، އެމީހުންގެ ނަންތައްވެސް އަދާލަތު ޕާޓީން ހާމަކޮށްފައި ވެއެވެ.
އެގޮތުން އަދާލަތު ޕާޓީން ހާމަކޮށްފައިވާ ލިސްޓަކީ:
1. ހަސަން ބުޝްރީ މުހައްމަދު، ހުސްނޫގެ، ޏ. ފުވައްމުލައް — އަދާލަތު ޕާޓީގެ މެންބަރެއް ނޫން.
2. ވިސާމް އަހުމަދު، ދިވެހިގެ، ޏ. ފުވައްމުލައް — އަދާލަތު ޕާޓީގެ މެންބަރެއް ނޫން.
3. ނަޒްވާން އައްބާސް، ވާޅުގެ، ޏ. ފުވައްމުލައް — އަދާލަތު ޕާޓީގެ މެންބަރެއް ނޫން
4. ފަރުހާދު ރާޝިދު، ނިއު، ޏ. ފުވައްމުލައް — އަދާލަތު ޕާޓީގެ މެންބަރެއް ނޫން
5. މުހައްމަދު ދީދީ، ސިންދު، ޏ. ފުވައްމުލައް — އަދާލަތު ޕާޓީގެ މެންބަރެއް ނޫން
6. އަބްދުالله މުފީދު، ސަނީސައިޑް، ޏ. ފުވައްމުލައް — އަދާލަތު ޕާޓީގެ މެންބަރެއް ނޫން
7. މުހައްމަދު ރަޝީދު، ފީށިގަނޑިގެ، ޏ. ފުވައްމުލައް — އަދާލަތު ޕާޓީގެ މެންބަރެއް ނޫން
8. އަލީ ލަތީފް، އައްސޭރިގެ، ޏ. ފުވައްމުލައް — އަދާލަތު ޕާޓީގެ މެންބަރެއް ނޫން
9. އިބްރާހީމް ސައީދު، ތުއްފާހުގެ، ޏ. ފުވައްމުލައް — އަދާލަތު ޕާޓީގެ މެންބަރެއް ނޫން
އިއްޔެ އިދިކޮޅު ކެނޑިޑޭޓް ފުވައްމުލަކަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ދަމާފައި އޮތް ދިގު ސަފުން ފެނިގެން ދިޔަ އެންމެ ތަފާތު މަންޒަރަކަށް ވެގެން ދިޔައީ، އަދާލަތު ޕާޓީގެ ކުލައިގެ ޓީޝާޓުގައި 4 ނަމްބަރު ޖަހައިގެން މުއިއްޒުއަށް މަރުޚަބާ ކިޔަން ގޮސް ތިބި މީހުންނެވެ. މިމީހުންނަކީ އަދާލަތު ޕާޓީ ފުވައްމުލަކުގައި އުފެއްދި އެޕަޓީޣެ ފައުންޑަރުން ކަމަށް އިއްޔެ މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ. އެމީހުން މުއިއްޒަށް މަރުހަބާ ދަންނަވަން ނުކުތީ މިހާރު އޮތް އާދަލަތު ޕާޓީއަށް ތާއިދު ނުކުރާކަން ހާމަކުރުމުގެ ގޮތުން ކަމަށްވެސް އެމީހުންނާ ހަވާލާދީ މީޑިއާތަކުގެ ލިޔެފައި ވެއެވެ.
މިކަމާއި ގުޅިގެން އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނަޒީރު އިއްޔެ ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ،، ޑރ.މުއިއްޒުގެ ކެމްޕޭނުގައި އަދާލަތު ޕާޓީގެ ކުލަ ބޭނުންކުރާކަން ފާހަގަކުރެވިފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އަދި އެކަމަކީ އިންތިހާބާ ބެހޭ އާންމު ގާނޫނުގެ ދަށުން މަނާކަމަކަށްވާތީ އެކަން ހުއްޓުވަން އިލެކްޝަންސް ކޮމިޝަނަށް ގޮވާލާ ކަމަށެވެ.
އެހެންނަމަވެސް މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
One Response
Mivarun dhaanama Baeh gasgahuga alhaa thketheega aithlunves massalaakah vedhaane