ކުޅޭނެ ފިލްމް އެއް އާމިރު ހޯދައިފި

ކުޅޭނެ ފިލްމް އެއް އާމިރު ހޯދައިފި

އާއިލާއާއެކު ވަގުތު ހޭދަރުމުގެ ގޮތުން އަމިއްލަ އަށް ކެރިއަރ ބްރޭކެއްގައި އުޅޭ އާމިރު ޚާން އޭނާގެ ވަގުތާއި ފައިސާ އިންވެސްޓް ކުރާނީ ކޮންތަނަކަށްތޯ އެންމެ ފަހުން ވިސްނާފި ކަމަށް މީޑިއާއިން ރިޕޯތް ކޮށްފިއެވެ.

މައުލޫމާތި ލިބޭ ގޮތުގައި އާމިރުގެ ކުރިއަށް އޮތް މަސްކަތަކީ ވެސް ބައޯޕިކްއެކެވެ. އާމިރު އިންޑަސްޓްރީން ބްރޭކެއް ނެގި އެންމެ ބޮޑު ސަބަބީ ގިނަ ދުވަސް ތަކަކަށް ފަހު އޭނާ އެނބުރި އައުން ފާހަގަ ކުރި ފިލްމް "ލާލް ސިންގް ޗައްޑާ" ފްލޮޕް ވުމެވެ. އާމިރު އާއި އެކުގައި ކަރީނާ ކަޕުރު ފެނިގެން ދިއަ ފިލްމް އަށް ލިބުނު ނާކާމިޔާބީ އާއި އެކުގައި އޭނާ ގެ ހިތް ހަލާކު ވީއެވެ.

މިފަހުން މީޑިއާއި ބުނި ގޮތުގައި އާމިރު އެބުރި އަންނަން މިހާރު ބޭނުން ވަނީ ވަރަށް ވަރުގަދަ ފިލްމް އަކުންނެވެ. އަދި ވަރުގަދަ ސްކްރިޕްޓް އެއް ހޯދުމުގެ މަސައްކަތް މިހިނގާ ދުވަސްތަކުގައި އޭނާ އައީ ކުރަމުންނެވެ. އެއާއި އެކުގައ އޭނާ ބޭނުންވާ ފަދަ ސްކްރިޕްޓެއް މިހާރު އަތު ޖެހިފައިވާ ކަމަށްވެއެވެ.

މަޝްހޫރު ޕްރޮޑިއުސަރު ދިނޭޝް ވިޖަންއާ އެކު އުޖްވަލް ނިކަމްގެ ބައޮޕިކް އަށް މިސްޓަ ޕާފެކްޝަނިސްޓް އައިސްފައިވާ ކަމަށް ވެއެވެ.  އެކަމަކު އާމިރު މި ފިލްމު ޕްރޮޑިއުސް ކުރާނީ ތޯ ނުވަތަ ލީޑް ރޯލެއް ކުޅޭނެ ތޯ މީ ބޮޑު ސުވާލެކެވެ. އަނެއްކޮޅުން އާމިރު އަނެއްކަވެސް ބައޯޕިކަކުން އެނބުރި އައުން ފާހަގަ ކުރާނީތޯވެސް މީ އުފެދޭ ސުވާލެކެވެ. ކޮންމެ އަކަށް މި ފިލްމް އާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް އަދި ނޭގެއެވެ.

ދާދި ފަހުން އާމިރު ވަނީ ޔާޝްރާޖް ފިލްމްސްއާ އެކު ހައި އޮކްޓޭން އެކްޝަން ފިލްމެއް ކުޅެން ތައްޔާރަށް ހުރި ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އަދި މިހާރު އާމިރު ބޭނުން ވަނީ ޝާހު ހިނގި މަގުން ހިނގަން ކަމަށްވެއެވެ. އާމިރެކޭ އެއްފަދައިން ޝާހުވެސް ގިނަ ދުވަސްތަކަށްފަހު ސިނަމާއަށް އަލުން އެބުރި އައީއެވެ. ނަމަވެސް ޝާހުގެ ފިލްމް "ޕަޓާން" ވެގެން ގޮސްފައި ވަނީ ވަރަށް ކާމިޔާބު އަދި ބޮކްސް އޮފީހުގެ ރެކޯޑްތަށް މުގުރާލި ފިލްމް އަކަށެވެ. އާމިރުވެސް ބޭނުންވަނީ އެފަދަ ގޮތެކެވެ.

"ލާލް ސިންގް ޗައްޑާ" އަށް ބެލުންތެރިންގެ ފަރާތުން ލިބުނު ފިނި ތަރުހީބާއި އެކު އާމިރު އަންނަނީ އޭނާގެ ކުރިއަށް އޮތް ބޮޑު ފިޔަވަޅާ މެދު ސީރިއަސްކޮށް ވިސްނަމުންނެވެ. އޭނާ ދާދި ފަހުން ވަނީ ޝުބް މަންގަލް ސާވްދާން ފޭމް އާރްއެސް ޕްރަސަންނާ ޑައިރެކްޓްކުރާ ކެމްޕިއޯނީސް ރިމޭކުން ވެސް ވަކިވެފަ އެވެ. މިހާރު އޭނާ ހުރީ ހަތަރު އަނގޮޅި އެއްގެ ކަންމަތީގައިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *