ރާޖަމޯލީ، މަހޭޝް އާއި އެކުގައި ހަދާ ފިލްްމް އިން ކްރިސްގެ އިތުރުން ވެސް ހޮލީވުޑްގެ ތަރިން ފެންނާނެ

ރާޖަމޯލީ، މަހޭޝް އާއި އެކުގައި ހަދާ ފިލްްމް އިން ކްރިސްގެ އިތުރުން ވެސް ހޮލީވުޑްގެ ތަރިން ފެންނާނެ

Author
ފާތިމަތު ނާވީ
27 އޮގަސްޓް 2023 02:10
0

އިންޑިއާގެ އެންމެ މަޝްހޫރު އެއް ޑައިރެކްޓަރު ކަމުގައިވާ އެސް އެސް ރާޖަމޯލީގެ ކުރިއަށް އޮތް ފިލްމްގައި ހޮލީވުޑްގެ ގިނަ ފަންނާނުން ތަކެއް ފެނިގެން ދާނެ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.

މި ފިލްމް އަކީ ރާޖަމޯލީ ސައުތުގެ މަޝްހޫރު ސްޕަސްޓާރު މަހޭޝް ބާބޫ އާއި އެކުގައި ހަދާ ފިލްމްއެކެވެ. ފިލްމް އިން ކްރިސް ހެމްސްވޮތް ފެނިގެން ދާނެ ކަމަށް މީޑިއާއިން ވަނީ ކުރިން ރިޕޯޓް ކޮށްފައިއެވެ. އަދި ހަމަ އެއާއިއެކުގައި މިހާރު ދެކެވެމުން އަންނަ ވާހަކަ އަކީ މި ފިލްްމް އިން ކްރިސްގެ އިތުރުން ވެސް ހޮލީވުޑްގެ ތަރިން ފެނިގެން ދާނެ ކަމަށެވެ.

 

View this post on Instagram

 

A post shared by Mahesh Babu (@urstrulymahesh)

ރާޖަމޯލީ ގެ އެންމެ ފަހުގެ ފިލްމް "އާރްއާރްއާރް" އޮސްކާ އާއި އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުތަކުގައި ލިބުނު ކާމިޔާބީއަށް ފަހު އޭނާ އަކީ މިހާރު ހޮލީވުޑްގައި ވެސް މަގުބޫލު ފަންނާނެކެވެ.

މީގެ އިތުރުން ހޮލީވުޑްގެ އެންމެ ކުޅަދާނަ ޑައިރެކްޓަރުން ކަމަށްވާ ސްޓީވެން ސްޕީލްބާގް އާއި ޖޭމްސް ކެމެރަން ކަހަލަ މީހުންގެ ތައުރީފު އޭނާއަށް ވަރަށް ބޮޑަށް ލިބިފައިވެ އެވެ.

 

View this post on Instagram

 

A post shared by SS Rajamouli (@ssrajamouli)

ސައުތުގެ މެގަ ހިޓް "ބާހުބަލީ"ގެ ވެސް ޑައިރެކްޓަރ ރާޖަމޯލީ އާއި ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ކޭއެލް ނަރާޔަނާ އެކުގައި ހަދާ މި ފިލްމަކީ މީގެ ކުރިން ރާޖަމޯލީ ގެނެސްދިން ފިލްމު ތަކަށް ވުރެ ފުރިހަމަ އަދި މާ ވަރުގަދަ ފިލްމަކަށް ވާނެއެވެ. ފިލްމް ގެ ނަމަކަށް އަދި ކިޔަމުން އަންނަނީ "އެސްއެސްއެމްބީ 29″އެވެ.

އަނެއް ކޮޅުން މަހޭޝް އަކީ ތެލެގޫ ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެއް ތަރިއެވެ. މީގެ އިތުރުން ރާޖަމޯލީ ގެ ފިލްމް "އެސްއެސްއެމްބީ 29″ ގައި ހޮލީވުޑުގެ އެކްޓަރ ކްރިސް ހެމްވާތު ހާއްސަ ފެނިލުމަކުން ފެންނާނެ ކަން މިހާރު ވަރަށް ބޮޑަށް ވަނީ ކަށަވަރުވެފައިއެވެ.

 

View this post on Instagram

 

A post shared by Chris Hemsworth (@chrishemsworth)

ކްރިސް ހެމްވާތު އެންމެ ފާހަގަ ކޮށްލެވެނީ އޭނާގެ ކެރެކްޓަރ "ތޯރް" އިންނެވެ. މަހޭޝް، 44، އަކީ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެގެން އެތައް އެވޯޑެއް ވެސް ހޯދާފައިވާ ކާމިޔާބު އެކްޓަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.