މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ކުރީގެ ކައުންސިލް މެންބަރު މުހައްމަދު ފައިސަލް ހިމެނޭހެން އެޕާޓީން ވަކިވި ބޭފުޅުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ސޮއި ކުރައްވައިފިއެވެ.
އެމްޑީޕީން ބުނީ ފައިސަލް ސޮއި ކުރެއްވިއިރު އިތުރު 74 މެންބަރުންގެ ފޯމު ވެސް އޭނާ ހުށަހެޅުއްވި ކަމަށެވެ. ފައިސަލް ސޮއި ކުރެއްވި ފޯމާއި ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
MRM ge kureege Council member @faixal ithuru 74 meehunaa eku MDP ah soi kuravvaifi.#IbuAslam2023#VoteMDP#UfaaverAmaanRaajje pic.twitter.com/bSfP0lhKmc
— MDP Secretariat (@MDPSecretariat) August 26, 2023
ފައިސަލްގެ އިތުރުން އެމްއާރްއެމްގެ ޒުވާނުންގެ ކައުންސިލް ރައީސް އިބްރާހީމް ފަރުހާދާއި އެމްއާރްއެމްގެ ސުލޫކީ ކޮމެޓީގެ މެންބަރު ވެސް ވަނީ ސޮއި ކުރައްވާފައެވެ.
MRM ge kureege Zuvaanunge Councilge Raees @IbrahimFarherd adhi MRM Sulooky committee member @meedhooni6 MDP ah soi kuravvaifi. #IbuAslam2023 #VoteMDP #UfaaveriAmaanRaajje pic.twitter.com/5wdsyESioS
— MDP Secretariat (@MDPSecretariat) August 26, 2023
ރިޔާސީ އިންތިޚާބުގައި އެމްއާރުއެމްގެ ރައީސް ފާރިސް ވަނީ އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާފައެވެ. ފާރިސް ނިކުންނެވިއިރު އެމްއާރުއެމްގެ ސްލޮޓްގައި ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޔުމްނާ މައުމޫންގެ ތާއީދުވެސް ފާރިސްއަށް ނުލިބެއެވެ. ޔުމްނާވެސް ނިންމީ ރައީސް ޞާލިހަށް ތާއީދު ކުރުމަށެވެ.