ރާއްޖެއިން ކޯވިޑް-19އަށް އިތުރު 39 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ 18:00 އިން ފެށިގެން މިއަދު 18:00 އާ ހަމައަށް ޕޮޒިޓީވްވި 39 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 37 މީހުންނާއި، އަތޮޅުުތަކުގެ ރަށްތަކުން ޕޮޒިޓިވްވި މީހަކާއި، ސިނާޢީ ރަށްތަކުން ޕޮޒިޓިވްވި މީހެކެވެ. މިއާއެކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،198 އަށް އަރާފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 57 މީހެކެވެ. އެހެންކަމުން މިހާރު ރާއްޖެއިން މިބަލިން 12،321 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑަށް ޕޮޒިޓިވްވެ823 މީހަކަށް ފަރުވާދެމުން އަންނައިރު އޭގެތެރެއިން71 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޮޓަލިގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑަށް ޓެސްޓްކުރުމަށް ފާއިތުވި 24 ގަޑިއިރު ނެގި 2،267 ސާމްޕަލާއެކު ޖުމްލަ 255،794 ސާމްޕަލެއް ނަގާފައިވެއެވެ. މިހާތަނަށް 47 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.
ކޮމެންޓު ފޮނުވާ