ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ބިދޭސީއަކު ހައްޔަރުކޮށްފި

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ބިދޭސީއަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
06 ޑިސެމްބަރ 2020 07:49
0

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުޙުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ހުވަދުއަތޮޅުގެ ރަށަކުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުޙުމަތުކުރެވޭ މައްސަލައެއް މިމަހުގެ 2 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. އަދި މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރު 17:33 ގައި ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.