މިފަސްގަނޑުގެ ހައްގުގަ ފުރާނަ ދުއްވާލަންވެސް މިހިރީ ތައްޔާރަށް، ފަހަތަކަށް ނުޖެއްސޭނޭ: ޤާސިމް

މިފަސްގަނޑުގެ ހައްގުގަ ފުރާނަ ދުއްވާލަންވެސް މިހިރީ ތައްޔާރަށް، ފަހަތަކަށް ނުޖެއްސޭނޭ: ޤާސިމް

Author
މުޙައްމަދު ޝަޒައިމް
24 އޮގަސްޓް 2023 04:43
0

ދިވެހި ޤައުމާއި، ރައްޔިތުންގެ ހައްގުގައި ފުރާނަ ދުއްވާލަންވެސް ހުންނެވީ ތައްޔާރަށް ކަމަށާއި، މިމަސައްކަތުގައި ފަހަތަށް ނުޖެއްސޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި ނ. ހޮޅުދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރުން ފާޅުގައި އިސްލާމީ އަސްލާއި އުސޫލުތައް ތަންފީޒު ކުރުމާއި ދެކޮޅަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ކޯލިޝަންގެ ގޮތުގައި އޮތްއިރު އެއްބަސްވުމާއި ތަކުރާރުކޮށް ހިލާފުވެފައިވާކަން ގާސިމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފަހަރަކު ކަމަކުން ކަމެއް ހުށައަޅައި އެންމެ ފަހުން ރައްޔިތުން އެދޭ ކަންކަން ކޮށްދެވޭނީ ދެވަނަ ދައުރެއް ދިނުމުން ކަމަށް ބުނުމުން އެއީ ބްލެކްމެއިލް ކުރުން ކަމުގައި ނުވޭތޯ އެމަނިކުފާނުވަނީ ސުވާލު އުފައްދަވާފައެވެ. ގާސިމްވަނީ އެމަނިކުފާނު މިހާތަނަށްވެސް އަދި ކުރިއަށްއޮތްތަނުގައި ކުރައްވާނީ ރައްޔިތުންގެ ހައްގުގައި އިސްލާހީ މަސައްކަތްޕުޅު ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑު ކުރިމަތިލީ މިދެންނެވި ކަންތައްތަކުގެ އިސްލާހީ ބަދަލު ގެނެސްދޭން. 1984 ވަނަ އަހަރުންސުރެ ކުރި މަސައްކަތް ގެއްލި ހަލާކުވެ ރައްޔިތުން އަގުރު އަލިފާނަށް ވެއްޓޭތީ އެތަން ފެންނާތީ އެކަމުން ސަލާމަތްކޮށްދޭން. ރައްޔިތުންނަށް އަމާން އޮމާން މުސްތަގުބަލެއް ގެނެސްދޭން ފުރާނަ ދުއްވާލަންވެސް މިހުރީ ތައްޔާރަށް. ފަހަތަކަށް ނުޖެއްސޭނެ.

– ޤާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިއަދު ރައްޔިތުން އެދޭ ކަންތައްތައް ކޮށްދެވޭނެ ތައުލީމާއި ތަޖުރިބާ އާއި ހިތްވަރު އެމަނިކުފާނުގެ ގައިކޮޅުގައި އެބަހުރި ކަމަށެވެ. މިހާރު ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންނަށް ބަލާއިރު ވެރިކަމަށް އެންމެ ޤާބިލް ބޭފުޅަކީ އޭނާ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޏ ޏަހުނާ
ގާބެ ހަނގުރާމައަކަށްތަ ނިކުމެގެން މި އުޅެނީ؟
ާ ާަައަލިފުޅުބެ
އެހެންވިއްޔާ ޤާސިމް މިފަހަރު އޯކޭ