ދިޝާ ބޭބީ ބަމަޕް ދައްކައިލައިފި

ދިޝާ ބޭބީ ބަމަޕް ދައްކައިލައިފި

Author
ފާތިމަތު ނާވީ
25 އޮގަސްޓް 2023 10:29
0

މުނިފޫހިފިލުވުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބަތަލާއިންގެ ތެރޭގައި ހިމެނޭ ދިޝާ ޕަރްމަރް އޭނާގެ ބޭބީ ބަމްޕް ގެ ފޮޓޯއެއް ބެލުންތެރިންނާއި ހިއްސާ ކޮށްފިއެވެ.

މޭ މަހުގައި ބަނޑުބޮޑުކަން އިއުލާން ކުރި ބަތަލާ ހިއްސާ ކުރި ފޮޓޯ ގައި ފެނިގެން ދަނީ ހުދާއި ކަލު ކުލައިންނެވެ. އަދި ވަރަށް ރީތިކޮން އޭނާގެ ބޮޑު ބަނޑު ވެސް އެ ފޮޓޯގައި ފެނިގެން ދެއެވެ.

ސޯޝަލް މީޑިއާގައި އެކްޓިވް ކޮށް އުޅޭ ދިޝާ މާބަނޑު ދުވަސްވަރުގެ ދަތުރުގެ މަންޒަރުތައް އޭނާގެ ފޭނުންނާއި ފޮލޯވަރުންނާ ހިއްސާކުރެ އެވެ. މި ފޮޓޯ ދޫކޮށްލުމާއި އެކުގައި މަރުހަބާގެ މެސެޖުތަށް ވަނީ އެނާގެ ކޮމެންޓް ސެކްޝަން ފުރައިލައިފައިއެވެ.

 

View this post on Instagram

 

A post shared by Disha Parmar Vaidya (@dishaparmar)

ޕްރޮފެޝަނަލް ރޮނގުން ދިޝާ ޕަރްމާރް މިހާރު ފެނިގެން ދިއައީ ނަކޫލް މެހެތާއާ އެކު "ބަޑޭ އަޗޭ ލަގްތޭ ހޭ 3″ އިންނެވެ.މި ޑްރާމާގައި ނަކޫލް ރާމްގެ ރޯލު ކުޅުނުއިރު ދިޝާ ވަނީ ޕްރިޔާގެ ރޯލު ކުޅެފައިއެވެ. އަދި ދެ ތަރިންގެ އޮން ސްކްރީން ކެމިސްޓްރީ އަކީ ބޮޑު ކާމިޔާބީއެއް ހޯދި ކެމިސްޓްރީއެކެވެ. "ބަޑޭ އައްޗޭ ލަގްތޭ ހޭ 3″ 25 މެއި 2023 ގައި ޕްރިމިއާކޮށްފައި ވާއިރުގައި އޮފް އެއާ ކުރަން ފެށީ އޮގަސްޓް 11، 2023 ގަ އެވެ.

 

 

 

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.