"ހަމްސަފަރު" ގެ ދެ ތަރިން ނެޓްފްލިކްސް ސީރީޒްއަކުން

"ހަމްސަފަރު" ގެ ދެ ތަރިން ނެޓްފްލިކްސް ސީރީޒްއަކުން

Author
ފާތިމަތު ނާވީ
25 އޮގަސްޓް 2023 09:06
0

ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ވެގެން ދިއަ ޕާކިސްތާން ޑްރާމެއް ކަމުގައިވާ "ހަމްސަފަރު" ގެ ދެ ތަރިން ހިމަނައިގެން ނެޓްފްލިކްސް ސީރީޒެއް ގެނެސްދޭން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

"ހަމަސަފަރު" އަކީ 2011 އިން 2012 އަށް ގެނެސްދިން ޕާކިސްތާންގެ ވަރަށް މަޝްހޫރު ޑްރާމާއެކެވެ. އެޑްރާމާގެ ޖާދޫގައި މުޅި ދުނިޔެ ޖެއްސި ޑްރާާމާ އާއި އެކުގައި އެޑްރާމާގެ ލީޑުން ފެނިގެންދިއަ ތަރިންގެ މަޝްހޫރު ކަންވެސް އެތަށް ގުނައެއް ވެގެން ދިއެވެ.

 

View this post on Instagram

 

A post shared by Sadaf Fawad Khan Studio (@sfkbridals)

އެގޮތުން ލީޑުން ފެނިގެންދިއަ މާހިރާ ހާން އާއި ފަވާދް ހާން އަކީ މިހާރު ޕާކިސްތާން ފިލްމް އިންޑަސްޓްރީގެ އެންމެ ނަން ހިންގާ ދެރިންނެވެ. މި ދެތަރިންގެ މަޝްހޫރު ކަމާއި އެކުގައި ވަނީ ބޮލީވުޑްގެ ފިލްްމްތަށް ވެސް ކުޅެފައިއެވެ.

މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އޮރިޖިނަލް ސީރީޒް އަކީ "ހަމްސަަފަރު" ގެ ލިޔުންތެރިޔާ ފަރުހަތު އިޝްތިއާގުގެ 2023 ގެ "ޖޯ ބަޗޭ ހޭ ސަންގު ސަމައިތު ލޯ" އެވެ.

 

View this post on Instagram

 

A post shared by Mahira Khan (@mahirahkhan)

"ޖޯ ބަޗޭ ހޭ ސަންގު ސަމައިތު ލޯ" ގެ ކާސްޓްގައި ފަވާދާ އެކީ މަޝްހޫރު ސިލްސިލާ "ޒިންދަގޫ ގުލްޒާރު ހޭ ކުޅުނު" ސަނަމް ސައީދުގެ އިިތުރުން އަހާދު ރާޒާ މީރު، ހަމްޒާ އަލީ އައްބާސީ، ބިލާލު އަޝްރަފު، މާޔާ އަލީ، އިގްރާ އަޒީޒު، ހާނިއާ އާމިރު، ނާދިއާ ޖަމީލު، ކުޝާލް ޚާން އަދި އުމައިރު ރާނާ ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.