ޕީޖީން އެދިގެން ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް

ޕީޖީން އެދިގެން ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް

Author
މުޙައްމަދު ޝަޒައިމް
23 އޮގަސްޓް 2023 11:07
0

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުން ހައި ކޯޓުން ކެންސަލްކޮށްފިއެވެ.

ޔާމީނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ ހުކުމް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގައި މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކުރީ ދައުލަތުން އެދިގެންނެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި، އަޑުއެހުން ކެންސަލް ކުރަން އެދުނީ އެ މައްސަލައިގައި ވަކާލާތު ކުރާ ދައުލަތުގެ ބައެއް ވަކީލުން ބަލިވެ އުޅޭތީއެވެ. މިދިޔަ ހަފުތާ ވެސް މި މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެވެ.

މި މައްސަލާގެ ތެރެއިން ޖޫރިމަނާގެ ހުކުމުން މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ފަސްކޮށްދީފައެވެ. ޖަލު ހުކުމް ވެސް ފަސްކޮށްދޭން ޔާމީންގެ ފަރާތުން އެދުނުނަމަވެސް، އެ އަމުރު ހައި ކޯޓުން ނެރެނުދެއެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުން ޔާމީނަށް ފުރުސަތު ގެއްލިގެން ދިޔައީ ވެސް މި ޖަލު ހުކުމާއި ޖޫރިމަނާގެ އެމަނިކުފާނުގެ މައްޗަށް އޮތުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.