އިންޑިއާގެ މެކްޑޮނަލްޑްސްގެ މެނޫއަށް ކާތިކްގެ ނަން

އިންޑިއާގެ މެކްޑޮނަލްޑްސްގެ މެނޫއަށް ކާތިކްގެ ނަން

Author
ފާތިމަތު ނާވީ
23 އޮގަސްޓް 2023 02:28
0

ދުނިޔޭގެ މަޝްހޫރު ފާސްޓު ފުޑް ޗެއިން މެކްޑޮނަލްޑްސް އިން ބޮލީވުޑްގެ ޒުވާން ފިލްމީ ތަރި ކާތިކް ނަން ދީފައިވާ މީލްއެއް މެނޫގައި ހިމަނައި އެ ރަސްމީކޮށް ތައާރަފުކޮށްފި އެވެ.

މެކްޑޮނަލްޑްސް އިންޑިއާގެ ސޯޝަލް މީޑިއާ ހޭންޑްލްތަކުގައި މިކަން އިއުލާން ކޮށްފައިވާ އިރުގައި "ކާތިކް އާރިޔަން މީލް" އަކީ ހަތަރު މީހުންނަށް ކެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މީލެއް ކަމަށް ވެއެވެ. މީލްގައި ހިމެނެނީ ކްލެސިކް މެކް އަލޫ ޓިއްކީ ބަގާރ، ޗީޒީ ފްރައިސް އަދި ޕިއްޒާ މެކްޕަފް އެވެ.

މެކްޑޮނަޑްސް އިންޑިއާ އިން ކާތިކްގެ ނަމުގައި މީލްއެއް ތައާރަފަކުރި އިރު، އޭނަ އަކީ އެމެރިކާގެ މި މަޝްހޫރު ފާސްޓްފުޑް ޗެއިންގެ އިންޑިއާގެ އެމްބެސެޑަރެކެވެ. މިކަމުގެ ސަބަބުން މެކް ގެ އާމްދަނީ ވަރަށް ބޮޑޫ ތަނުން އިތުރު ވެގެން ދާނެ ކަމަށް ލަވާ ކުރެވެއެވެ.

ސަބަބަކީ ކާތިކް އަކީ މިހާރު ބޮލީވުޑްގެ އެންމެ މަގުބޫލު އެއް މޫނެވެ. މިހާތަނަށް އޭނާ ކުޅެފައިވާ ގިނަ ފިލްމް ތަކަކީ ކާމިޔާބު ފިލްމް ތަކެކެވެ. އެހެން ކަމުން ބޮލީވުޑްގެ މެދުއުޑުގައި 32 އަހަރުގެ ޒުވާން އެކްޓަރު އަންނަނީ ފިޔަޖަހަމުންނެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

މިހާރު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ނުފޫޒު ގަދަ އެކްޓަރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިއަ ޖޫންމަހުގައި ރިލީޒްކުރި "ސަތިއަޕްރޭމް ކީ ކާތާ" އެއެވެ. 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.