ލޯބިވެރިޔާ އަދިއްތިޔާ ރޯއީ ކަޕޫރު އާއި އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެ ނަމަ ވަރަށް މަޖާ ވާނެ ކަމަށް އަނަންނިޔާ ޕާންޑޭ ބުނެފިއެވެ.
"ޑްރީމް ގާލް 2″ ޕްރޮމޯޓްކުރުމަށް ބޭއްވި އިވެންޓެއްގަ ވާހަކަ ދައްކަމުން އަންނިޔާ ބުނީ އަދިއްތިޔާ އާއި އެކުގައި މަސައްކަތް ކުރަން ފުރުސަތު ލިބިއްޖެ ނަމަ ދޫކޮށް ނުލާނެ ކަމަށެވެ. އަދި އެވަރުގެ ސްކްރިޕްޓެއް ނުލިބޭ ކަމަށާއި އެފަދަ ސްކްރިޕްޓެއް ލިބިއްޖެ ނަމަ އެކުގައި ފިލްމް ކުޅޭނެ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ހިތުން ވަރަށް ސިއްރުން ކަމަށް ޑޭޓް ކުރަމުން އަންނަ މި ދެލޯބިވެރިން މިހާތަނަށް ވެސް އެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް މީޑީއާގައި އެއްބަސް ވެފައިއެއް ނުވެއެވެ. އަދި އެފަދަ ސުވާލެއް ކޮށްފި ނަމަ އިގްނޯ ކޮއްލަނީއެވެ.
ނަމަވެސް ދެތަރިން ޑޭޓް ނައިޓް ތަކުގައި އުޅުމާއި އެކުގައި ޕާޓީ ކުރުމާއި ނުވިތާކަށް ބޭރު ގައުމުތަކުގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށްވެސް މީޑިއާ އަށް ވަނީ ތިލަވެފައިއެވެ.
އަނަންޔާ އާއި އަދިތިޔަ، ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނާ އަޑުތައް ފެތުރިފައިވާތާ މިހާރު ކިތައްމެ ދުވަހެއް ވެއްޖެ އެވެ. މިހާތަނަށް ވެސް އެ ގުޅުމާ ބެހޭ ގޮތުން ދެތަރިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ.