މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ގަދަރު 2″ ބޮލީވުޑްގެ ބޮކްސް އޮފީހުގައި ރަސްކަންކުރަމުންދާ އިރު، ފިލްމްގެ ލީޑު ބަތަލާ އަމީޝާ ޕަޓޭލް ގެ އައު ފިލްމް އެއް އެޅުވުމަށް އިއުލާން ކޮށްފިއެވެ.
މި ފިލްމަކީ "މިސްޓްރީ އޮފް ދަ ޓެޓޫ" ކިޔާ ތުރިލާއެކެވެ. މީގެ ކާސްޓްގައި އަރުޖުން ރާމްްޕާލް އާއި ޑެއިޒީ ޝާހްގެ އިތުރުން އަލަށް ތައާރަފުވާ އެކްޓަރެއް ކަމަށްވާ ރޯހިތު ރާޖް ހިމެނެ އެވެ.
އަންނަ މަހުގެ 1 އަށް ތާވަލުކޮށްފައިވާ މި ފިލްމަކީ އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ "މިސްޓްރީ އޮފް ދަ ޓެޓޫ" އަކީ ކަލައިއަރާސީ ސަތައްޕަން ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.