ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންނެވުނުން އެސިޓީން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީއަށް މުއިއްޒު ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ނިކުމެ މަރުހަބާ ދަންނަވާފައެވެ. މުއިއްޒުއާއިއެކު ޕްރޮގްރެސިވް ކޯލިޝަންގެ އިސްބޭފުޅުން ބައިވެރިވެފައިވެއެވެ.
މުއިއްޒު އައްޑޫއަށް ވަޑައިގެން ސަލާން ކުރަން ތިއްބެވި ބޭފުޅުންނާއި ސަލާން ކުރަން 45 ވަރަކަށް މިނިޓް ވަނީ ހެދަވެފައެވެ. ގަން އެއާޕޯޓް ސަރަހައްދު ވަނީ މުއިއްޒުއަށް ތާއީދު ކުރާ މީހުން އެއްވެ ފުރާލާފައެވެ.
Dhiveheenge Riyaasee Candidate Dr. Mohamed Muizzu ah Addu city in aadhayaa khilaafu hoonu tharuheebeh @MMuizzu @HucenSembe @ProgressPartyMV #DhiveheengeRaajje #DhiveheengeUmmeedhu#Vote4Muizzu#DrMuizzuSembe2023#FreePresidentYameen pic.twitter.com/YojStEUpVs
— Mohamed Tholal (@Tholal) August 21, 2023
މިދަތުރުފުޅުގައި، ޑރ.ޖަމީލާއި، ކުރީގެ ބަންޑާރަ ނައިބް ޑރ.މުނައްވަރުވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މިދަތުފުޅުގައި މުއިއްޒުއާއި، އެމަނިކުފާނުގެ ކެމްޕޭން ޓީމުން އައްޑޫއަށް ވަޑައިގެންވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ. އެންމެ ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ފޭދޫއަށެވެ. މިއަދު ހަވީރު ފޭދޫއަށް ވަޑައިގެންނެވުމަށްފަހު މިރޭ ހިތަދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޑރ.މުއިއްޒުގެ އައްޑޫ ސިޓީ ދަތުރުފުޅު ހަމަޖެހިފައިވާ ގޮތް:
މިއަދު:
– 16:00 ގައި އައްޑޫ ސިޓީއަށް ވަޑައިގެންނެވުން
– 17:15 އައްޑޫ ސިޓީ ފޭދޫއަށް ވަޑައިގެންނެވުން
– 20:30 އައްޑޫ ސިޓީ ހިތަދޫ ޖަލްސާ
މާދަމާ:
– 08:45 އައްޑޫ ސިޓީ ފޭދޫއަށް ވަޑައިގެންނެވުން
– 09:30 އައްޑޫ ސިޓީ މަރަދޫ ފޭދޫއަށް ވަޑައިގެންނެވުން
– 10:55 އައްޑޫ ސިޓީ، މަރަދޫއަށް ވަޑައިގެންނެވުން
– 13:00 އައްޑޫ ސިޓީ، ހިތަދޫއަށް ވަޑައިގެންނެވުން
– 16:15 އައްޑޫ ސިޓީ، ހުޅުދޫއަށް ވަޑައިގެންނެވުން
– 20:15 އައްޑޫ ސިޓީ މީދޫއަށް ވަޑައިގެންނެވުން
– 21:30 އައްޑޫ ސިޓީން ފުރާ ވަޑައިގެންނެވުން
އައްޑޫ ސިޓީއަށް ޑރ.މުއިއްޒު ކުރައްވާ މިދަރުގައި އެސިޓީގެ ރައްޔިތުންނަށް އުންމީދީ މެސެޖުތަކާއި ވައުދުތައް ވަޑައިގަންނަވާނެއެވެ. މުއިއްޒު މިދަތުރަށް ފުރުމުގެ ކުރިން ވިދާޅުވީ އައްޑޫ ސިޓީއަށް އެންމެ ރަނގަޅު މެނިފެސްޓޯއަކާއި ސިޔާސަތެއް ހުށަހަޅައި ތަންފީޒު ކޮށްދެވޭނީ ޕީއެންސީގެ ވެރިކަމެއްގައި ކަމަށެވެ.
ކޮމެންޓު ފޮނުވާ