ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ ތިން މެންބަރެއްގެ ނަން އިއްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނީ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި އެހެން މެންބަރުންގެ ސިޓީ ލިބުމުން ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ.
މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އާއި ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު އަދި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުގުނީގެ ނަން އިއްވާ މަޖިލީހުގެ ތަޅުން ދޫކުރެއްވުމަށް އެދިވަޑައިގެންފައެވެ.
އެ މެންބަރުންގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނިކުތުމަށް އެންގުމުންވެސް ނުނިކުންނެވުމުން ރައީސް ނަޝީދު ވަނީ މަޖިލިސް މެދުކަނޑާލާފައެވެ.
އަޅުގަނޑު ގަސްތުކުރަނީ ބޭފުޅުން މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ނިންމަވަންދެން މަޖިލިސް މެދުކަނޑާލުމަށް. މި މަޖިލިިސް ހިނގާނީ މި މަޖިލީހުގެ ގަވައިދާ އެއްގޮތަށް. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ މި މަޖިލީހުގެ ރައީސް. އެކަން މި މަޖިލީހުގެ ރައީސް، ގާނޫނުގައިވާ ގޮތުގެ މަތިން އަބަދުވެސް ކުރަމުން ގެންދާނެ،" ނަޝީދު ވިދާޅުވިއެވެ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިޅީހުގެ ދެވަނަ ދައުރުގެ ޗުއްޓީއަށްފަހު ތިންވަނަ ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު އެޖެންޑާގައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އެކަންޏެވެ.
ކޮމެންޓު ފޮނުވާ