ހިޔާ ފްލެޓްތަކަށް ޝަރުތު ހަމަވި އެތައް ސަތޭކަ ބަޔަކު، ފްލެޓްތަކުގެ މައްސަލަތައް ބަލާ ކޮމިޓީން އެކުލަވާލި އައު ލިސްޓުން އުނިކުރި އުސޫލު ރައްޔިތުންނަށް ހާމަވަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވެފައި މިވަނީ ފްލެޓަށް އެދި ގިނައަދަދެއްގެ މީހުން ފޯމު ހުށަހެޅި ހިޔާ މަޝްރޫއުގެ އެޗް-7 ކެޓަގަރީ ނުވަތަ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓު އާންމުކުރި އިރު 1248 މީހުން ލިސްޓުން ބޭރުކޮށްފައިވާތީ ކުރެއްވި ޓްވީޓެއްގައެވެ.
ޣައްސާން ވިދާޅުވީ،ހިޔާ ފްލެޓްތަކަސް ކޮލިފައިވި ފަރާތްތަކުގެ އައު ލިސްޓުން އުނިކުރެވުނު އުސޫލު ރައްޔަިތުންނަށް ހާމަވާޏްޖެހޭކަމަށެވެ.1248 ދިވެހި އާއިލާ ސިޔާސީ މަންފާއަކަށް ޤުރުބާން ކުރުމަކީ ރައްޔިތުން އެދޭގޮތެއް، އިންސާފެއްވެސް އަދި ހެޔޮވެރިކަމެއްވެސް ނޫންކަމަށެވެ.
ހިޔާ މަޝްރޫއުގެ އެޗް-7 ކެޓަގަރީ ނުވަތަ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީއަށް ކުރިމަތިލި މީހުންގެ ބަލާ ޝަރުތުތައް:
- ދިވެއްސަކަށްވުން
- ފޯމު ހުށަހަޅާ ތާރީހާ ހަމައަށް މީލާދީގޮތުން 18 އަހަރު ފުރި، 30 އެޕްރީލް 2018 އަށް މީލާދީގޮތުން 41 އަހަރު ފުރިފައިނުވުން
- ފޯމު ހުށަހަޅާ ތާރީހުގައި ކައިވެންޏެއްކޮށްގެން އުޅޭ ފަރާތަކަށްވުން
- ފޯމުގައި ހިމެނޭ ޖުމްލަ އާމްދަނީއަށް މަހަކު 7000 ރުފިޔާ ލިބުން
- މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި މާލެ ހުޅުމާލެ ނުވަތަ ވިލިމާލޭގައި ފްލެޓަށް އެދޭމީހާ ނުވަތަ ފްލެޓަށް އެދޭ މީހާގެ އަނބި / ފިރިމީހާ ވަޒީފާ އަދާކުރުން ނުވަތަ، ފްލެޓަށް އެދޭ މީހާގެ އަނބި / ފިރިމީހާ ނުވަތަ/އަދި ދަރިން މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅޭ އަދި ފްލެޓަށް އެދޭ މީހާ ކ. އަތޮޅު އެއްވެސް ރަށެއް/ރިސޯޓެއްގައި ވަޒީފާ އަދާކުރުން
މި ކެޓަގަރީން އެތައް ސަތޭކަ ބަޔަކު ޝަރުތު ހަމަނުވާކަމަށް ކޮމިޓީން ކަނޑައަޅާފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަރާތަކަށް ނުވާތީ ކަމަށް ބުނެއެވެ. ނަމަވެސް ފްލެޓް ލިބޭކަމަށް ކޮމިޓީން ނެރެފައިވާ އައު ލިސްޓްގައި މާލެ ސަރަހައްދުގައ ދިރިނޫޅޭ އެތައް ބަޔަކު ތިބިކަން ބައެއް ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ. އަދި ފްލެޓް ދިނުމުގައި ސިޔާސީ ފިކުރަށް ބަލާކަމުގެ ތުހުމަތުވެސް އަންނަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ