މާއެނބޫދޫގެ 30 ހެކްޓަރުގެ ބިން ހިއްކަން މުއިއްޒު ވައުދުވެވަޑައިގެންފި

މާއެނބޫދޫގެ 30 ހެކްޓަރުގެ ބިން ހިއްކަން މުއިއްޒު ވައުދުވެވަޑައިގެންފި

Author
އަހުމަދު
17 އޮގަސްޓް 2023 11:37
0

ދ. މާއެނބޫދޫގެ 30 ހެކްޓަރުގެ ބިން ހިއްކަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބާ ގުޅިގެން ދ. އަތޮޅުގެ ރަށްތަކަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގައި އޭނާ އެންމެ ފުރަތަމަ ވަޑައިގެންނެވީ ދ. ކުޑަހުވަދޫއަށެވެ. އޭގެ ފަހުގައި މިއަދު ހެނދުނު ވަޑައިގެންފައި ވަނީ ދ. މާއެނބޫދޫއަށެވެ.

އެ ރަށުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ. މުއިއްޒު ވިދާޅުވީ މާއެނބޫދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރައްވާނީ ދައުރުގެ ފަހުކޮޅު ނޫން ކަމަށެވެ. އެ މަސައްކަތް ކުރައްވާނީ ވެރިކަމުގެ ކުރީކޮޅު ކަމަށް ވެސް މާއެނބޫދޫގައި ހުންނަވައި މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި މި ރަށުގައި ވެސް ރައްޔިތުންނަށް ބޭނުންވާ އެހެން ކަންކަން ހުންނާނެއެވެ. އެހެންވެ ރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.