ރިޔާސީ އިންތިޚާބުގައި ޖުމްލަ 574 ވޯޓޫ ފޮށި ބަހައްޓާނެ: އީސީ

ރިޔާސީ އިންތިޚާބުގައި ޖުމްލަ 574 ވޯޓޫ ފޮށި ބަހައްޓާނެ: އީސީ

ގުޅުންހުރި

މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްލަ 574 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އީސީ އިން ހާމަކޮށްފައިވާ ގޮތުން ރީރަޖިސްޓޭޝަނަށް ފަހު މާލޭގައި 142 ފޮށި ހުޅުމާލޭގައި 27 ފޮށި އަދި ވިލިމާލޭގައި 7 ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އަތޮޅު ތަކުގެ ރަށްރަށުގައި 319 ފޮއްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު ރިސޯޓުތަކުގައި 65 ފޮއްޓެއް ޖަލުތަކުގައި 5 ފޮއްޓެއް އަދި ސިނާޢީ ރަށްތަކުގެ ތެރެއިން އެއް ރަށެއްގައި ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖެއިން ބޭރުގައި 8 ވޯޓު ފޮއްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އިންޑިޔާގެ ޓްރިވެންޑްރަމްގައި އެއް ފޮށި، އިނގިރޭސި ވިލާތުގެ ލަންޑަންގައި އެއް ފޮށި، ޔޫއޭއީގެ އަބޫދާބީގައި އެއް ފޮށި، މެލޭޝިޔާގެ ކުއަލަލަންޕޫރްގައި 3 ފޮށި އަދި ސްރީލަންކާގެ ކޮލަމްބޯގައި 2 ވޯޓު ފޮއްޓެވެ.

ރިޔާސީ އިންތިޚާބުގެ ދުވަސް ގާތްވަމުން އަންނައިރު ކެންޑިޑޭޓުން ދަނީ ފޯރިއާއި އެކު ކެމްޕޭނު ކުރައްވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ