ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު މިއަދު ބާރަށުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ޕީޕީއެމް

ބާރަށުގެ މަގުތައް ހަދައި ގެދޮރުވެރި ކުރުވަން މުއިއްޒުގެ ވައުދެއް

ބާރަށުގެ މަގުތައް ހަދައި ގެދޮރުވެރި ކުރުވަން މުއިއްޒުގެ ވައުދެއް

ހއ. ބާރަށުގެ މަގުތައް ހަދައި އެ ރަށުގެ ރައްޔިތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. އަދި ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ފަހު މަންޒިލް ކަމަށްވާ ބާރަށަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ބާރަށަކީ ގުދުރަތީ ގޮތުން ރީތި ރަށެއް ކަމަށާއި އެ ރަށުގެ ރީތިކަން ދަމަހައްޓަން އޭނާގެ ސަރުކާރެއްގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ރަށުގެ ވަށައިގެން އޮންނަ ބޭރު މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް މަގު ހަދައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރަށުގެ ތަރައްގީ އަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގިނަ ވަޒީފާތައް އުފެދިގެން އަންނާނެ ކަމަށެވެ. އޭނަގެ ވެރިކަމެއްގައި އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށާއި ތަފާތު ކުރުމެއް ނެތި އެންމެނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ބާރަށަށް މުއިއްޒު ވެވަޑައިގެންނެވި އިތުރު ވައުދުތަކުގެ ތެރޭގައި ބާރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް ރަށުން ލިބެން ނެތް ގިނަ ހިދުމަތްތައް ސިއްހީ މަރުކަޒުން ލިބޭނެގޮތް ހަދައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވަނީ ބާރަށުގައި ރީތި މިސްކިތެއް ބިިނާކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *