ހޯޑެއްދޫ އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި

ހޯޑެއްދޫ އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި

Author
މުޙައްމަދު ޝަޒައިމް
15 އޮގަސްޓް 2023 11:55
0

ގދ. ހޯނޑެއްދޫގެ އެމްޑީޕީ ހަރުގެއަށް ބަޔަކު ކަޅުޔެތޮ ޖަހައި ގެއްލުން ދީފިއެވެ.

މިކަންކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ހަރުގޭގައި ހުރި ގޮނޑިތަކާއި މޭޒުތަކާއި އެހެނިހެން ތަކެއްޗައްވެސް ކަޅުތެޔޮ އަޅާފައިވާ ތަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ ތަކުންވެސް ފެނެއެވެ.

ގދ. މަޑަވެލީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބަނދަރު ޖަލްސާ ބޭއްވުމަށް ތައްޔާރުކޮށްފައިވާ ތަނުގައިވެސް މިދިޔަ ހަފްތާގައި ވަނީ ރޯކޮށްލާފައެވެ. މިކަމާ ގުޅިގެން އެމަނިކުފާނު އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވީ އެ ރަށުގެ ބަނދަރު ސަރަހައްދުގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕޭންގައި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ރަށްތަކުގައި މުޒާހަރާކުރުން ވެސް މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

ހޯޑެއްދޫ ހަރުގެއަށް ކަޅުތެޔޮ ޖެހި މައްސަލާގައި މިހާތަނަށް ފުލުހުން އަދި ވަކި އެއްޗެއް ބުނެފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.