ޕީޕީއެމްގެ އާންމު މެމްބަރުންނަށް މިސަރުކާރުގެ މިވީ 5 އަހަރު ދުވަހުގެ ތެރޭގައި ކުރަމުންދާ ހިތްދަތި މާޔޫސް ދުވަސްތަކަށް ނިމުން ގެނުވައި ތަރައްޤީގެ ބާނީ ރައީސް ޔާމީން ޖަލުން މިނިވަންކުރައްވާނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލްލަތީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ދިއްދޫގެ ރައްޔިތުންނާއި މުޅި ރާއްޖޭގެ ރައްޔިތުން ކުރަމުންދާ ހިތްދަތި އަދި މާޔޫސް ދުވަސްތަކަށް ނިމުން ގެނުވާނީ މުއިއްޒު ކަމަށެވެ. ރައީސް ޔާމީނަށް ތާއީދު ކުރައްވާ ދިވެހިންގެ އެތައް ސަތޭކަ ރައްޔިތުންގެ މާޔޫސްކަމާއި، ނިކަމެތިކަމަށް އާރޯކަން ގެނުވައި ރައީސް ޔާމީން ޖަލުން މިނިވަންކޮށް ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސް ދެއްވާނީ ޑރ.މުއިއްޒު ކަމަށް ލަތީފް ވިދާޅުވިއެވެ.
ޕާޓީއަށް ދިމާވި ހުރިހާ ގޮންޖެހުންތަކަށް އަދި ރައީސް ޔާމީން ޖަލުގައި އޮތް ހިތްދަތި ދުވަސްތަކަށް ނިމުން ގެނުވާނީ ޑރ.މުއިއްޒު. ރައީސް ޔާމީން މިނިވަން ކުރައްވައި ރައްޔިތުންނަށް އުންމީދު ގެނެސްދެއްވާނެ ވެރިޔަކީ ޑރ.މުއިއްޒު.
– ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ އެކަތިގަނޑެއްގެ ގޮތުގައި ޤައުމު އަމާން އައްސޭރިއަކަށް ގެންދިއުމަށް ކަމަރު ބަދެގެން ކަމަށެވެ. ޖޫން ޖުލައިގެ ގަދަ ދުވަސްތަކަށްފަހު ދިވެހިނން މިބައްދަލު ކުރާ އަމާން ދުވަސް ތަކުގައި ދިވެހި ރާއްޖެ އަމާން މިނިވަން އައްސޭރިއަކަށް ގެންދާނެ ވެރިއަކީ ޑރ.މުއިއްޒުކަމަށް ލަތީފް ވިދާޅުވިއެވެ.
އަޅުގަނޑުމެން މިތިބީ މިގައުމު މިނިވަންކޮށް އަމާން އައްސޭރިއަކަށް ގެންދަން. ޖޫން ޖުލައި ނިމިއްޖެ. މިއީ މާނަކަތް. ދެން ދާނީ އަމާން ވަމުން. މިދަނީ މިއަމާން ކަމާއިއެކު އިންތިޚާބު ކާމިޔާބު ކުރަން. މުއިއްޒު މިކަން ކުރާނީ އެއްބުރުން.
– ލަތީފް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ޕްރޮގްރެސިވް ކޯލިޝަންގެ ވެރިކަން ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ތިލަދުން މަތީގައި ފެށި ކޮޗިން ފެރީއާއި، އެނޫންވެސް ކަންތައްތަކަށް ވީގޮތެއް ނޭގި ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށް ވަނީ ބުނެފައެވެ. މިޖަލްސާގައި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
One Response
މުއީޒު އަރައި ގައިދީންގެ ތެރެއިން ޔާމިނު އެކަނި ޖަލުންސަލާމަތްކުރަންޔާ ދެންތިބި ގައިދީންގެ ހައްގު ކޮބާ.. އެހެނެއްނޫން ރާއްޖޭގެ ހުރިހާ ޖަލެއްބަންދުކޮއް ހުރިހާ ގައިދީން އެއްކޮއް ސަލާމަތްކުރެވޭނީ.. ޔާމިނު ސަލާމަތް ވީއްޔާ ރާއްޖޭގަ ކުއްވެރިންނެއް ނުތިބޭނެ..