ޤައުމީ ލަފާދޭ ކޮމެޓީގައި އެކަށީގެންވާ ވަގުތު ނުދޭތީ ޖޭޕީގެ ރިޔާޒު ބައްދަލުވުން ދޫކޮށްލައިފި

ޤައުމީ ލަފާދޭ ކޮމެޓީގައި އެކަށީގެންވާ ވަގުތު ނުދޭތީ ޖޭޕީގެ ރިޔާޒު ބައްދަލުވުން ދޫކޮށްލައިފި

ރިޔާސީ އިންތިޚާބުގެ މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އުފައްދާފައިވާ ޤައުމީ ލަފާދޭ ކޮމެޓީގައި ހުންނަ ކަންބޮޑުވުންތައް ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ނުދޭތީ ޖުމްހޫރީ ޕާޓީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވި ރިޔާޒު ރަޝީދު ބައްދަލުވުން ދޫކޮށް ނިކުމެ ވަޑައިގެންފިިއެވެ.

މިއަދު އޮތް ބައްދަލުވުމުގައި އިންތިޚާބުގެ މަސައްކަތް ތަކާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތަަކުގައި އިލެކްޝަނުން ކޮންމެ ބޭފުޅަކަށް ވާހަކަ ދައްކަން ދެއްވީ 3 މިނިޓްގެ ވަގުތެކެވެ. ރިިޔާޒަށް މައިކު ލިބުމާއިއެކު އެންމެ ފުރަތަމަ ކަންބޮޑުވުމަކީވެސް އެކަށީގެންވާ ވަގުތު ނުލިބޭ ކަމުގެ ޝަކުވާއެވެ. ރިޔާޒު ވިދާޅުވީ މިފަދަ ބައްދަލުވުންތަކުގައި ސިޔާސީ ޕާޓީތަކަށް ބޭނުންވާ ވާހަތައް ހިއްސާ ކުރުމަށް އެކަށީގެންވާ ވަގުތު ދެއްވަން ޖެހޭކަމަށެވެ.

ރިޔާޒު ވިދާޅުވީ މިސަރުކާރުން ގެންދަނީ ކަނޑައެޅިގެން އިންތިޚާބަށް ނުފޫޒު ފޯރުވަމުން ކަމަށެވެ. ދައުލަތުގެ ކުންފުނިތަކުގެ މުވައްޒިފުންނާއި، ތަކެތި ނަހަމަ ގޮތުގައި ބޭނުންކޮށް ނުފޫޒު ފޯރުވަމުންދާކަން ރިޔާޒު ވަނީ ފާހަގަ ކުރައްވާފައެވެ.

ރިޔާޒު ވިދާޅުވީ ކުންފުނުތަކާއި އޮފީސް ތަކުގެ ބައެއް މުވައްޒިފުން މުސާރަ ލިބޭގޮތަށް ރައީސް ޞާލިހުގެ ކެމްޕޭނަށް ދޫކޮށްލާފައިވާކަމަށެވެ. މިކަންކަމަކީ ބެލެންޖެހޭ ފިޔަވަޅު އަޅަންޖެހޭ ކަންތައްތަކެއް ކަމަށް ރިޔާޒު ވިދާޅުވިއެވެ. އޭނާ ވާހަކަ ދައްކަވަމުން ދަނިކޮށް އިލެކްޝަންގެ ނައިބް ރައީސް ހަބީބް ވަނީ ވަގުތު ހަމަވެފައިވާކަމަށް ވިދާޅުވެފައެވެ. އެއާއިއެކު ރިޔާޒު ވަނީ ކަންބޮޑުވުން ފާޅުކޮށް މިބައްދަލުވުމަކީ ސިޔާސީ ޕާޓީތަކަށް ވަގުތު ލިބޭނެ ގޮތަށް ބައްދަލުވުން އިންތުޒާމު ކުރަން އެދިފައެވެ.

ރިޔާޒު ވަނީ އިލެކްޝަނުން އެކަށީގެންވާ ވަގުތު ނުދޭތީ ބައްދަލުވުން ދޫކޮށް ނިކުމެވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *