މާޅެންދޫން މަންޒަރު ފެނިއްޖެ، ރައީސް އެއް ބުރުން އިންތިހާބު ނަގާނެ: ރައީސް

މާޅެންދޫން މަންޒަރު ފެނިއްޖެ، ރައީސް އެއް ބުރުން އިންތިހާބު ނަގާނެ: ރައީސް

Author
އަހުމަދު
12 އޮގަސްޓް 2023 11:13
0

ނ. މާޅެންދޫން ފެނިވަޑައިގަތް މަންޒަރާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއް ބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕެއިންގެ ދަށުން ރައީސް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވަން ވަނީ ފައްޓަވައިފައެވެ. އެމަނިކުފާނު ފުރަތަމަ މަންޒިލަކަށް ވަޑައިގެންފައި ވަނީ މާޅެންދޫއަށެވެ. މާޅެންދޫން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.

ރައީސަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް އެއްވެފައެވެ.

މާޅެންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ސިޔާމް ވިދާޅުވީ ރައީސް ސޯލިހަކީ މުޅިން ތަފާތު ހިޔާލެއްގެ ބޭފުޅެއް ކަމަށެވެ. އެގޮތުން ރައްޔިތުން ކޮންމެ ކަމެއް ހުށަހެޅި ކަމުގައި ވިޔަސް، ކޯފާއެއް ނުވެ އެކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރައީސަކަށް ވާން ޖެހޭނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދިނުމަށް ދަހިވެތިވެ ފެން ބޮވައިގެންފައި ހުރި ރައީސެއް. އެކަހަލަ ރައީސެއް އަޅުގަނޑުމެންގެ ރައީސަކީ މިއަދު،" ސިޔާމް ވިދާޅުވިއެވެ.

ރައީސް ސޯލިހް މާޅެންދޫ ރައްޔިތުންނަށް 2018 ގައި ވެވަޑައިގެންނެވި ވައުދުތައް ނިމިފައިވާ އިރު، ބައެއް ކަންކަން ނިމެމުންދާ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވަނީ ނ. އަތޮޅާއި މާޅެންދޫ ރައްޔިތުން ވެސް މާޔޫސްވެވަޑައިނުގަތުމަށް އެދިވަޑައިގެންފައެވެ. އަދި ތަޖުރިބާ ހުރި ލީޑަރަކީ ރައީސް ސޯލިހް ކަމަށާއި އެމަނިކުފާނާ އެކީގައި ކުރިއަށް ވަޑައިގަތުމަށް ސިޔާމް އެދިވަޑައިގަތެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި ރަށުން ފެނުނު މަންޒަރުން އެއް ބުރުން އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް އިޝާރަތް ކުރައްވައި ސިޔާމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސް
މާޅެންދޫން އެކަނި ތަ ހޮވަނީ