ބިއުޓީ ސެލޫނެއްގެ ގޮތުގައި މާލޭގައި ހިންގަމުންދިޔަ ތަނަކުން 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި3 މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ.
ނަމަވެސް މިމީހުން ހައްޔަރުކޮށްފައިވަނީ ކޮންކަހަލަ މައްސަލައަކާއި ގުޅިގެންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ ބިއުޓީ ސެލޫނެއްގެ ޚިދުމަތްދޭ ތަނެއްގެ ގޮތުގައި މާލޭގައި ހިންގަމުންދިޔަ ތަނަކުން، ބިދޭސީ 2 އަންހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.
މި 3 މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބައިތިއްބައިގެން ތަޙުގީޤު ކުރިއަށްގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ