ބިގް ބޮސްގެ ގެއިން އެލިމިނޭޓް ވެގެން ދިޔަ، ޕަވިތުރަ ޕޫނައި އަކީ "ބިގް ބޮސް 14″ ގައި ވަރަށް ވެސް ވަރުގަދަ ބައިވެރިއެކެވެ. ނަމަވެސް ފައިނަލާ ކައިރިން އޭނާ އަށް ޖެހުނީ ޝޯވ އާ އަލްވަދާއު ކިޔާށެވެ. ޕަވިތުރައަކީ ބިގް ބޮސް ޝޯވ އިން ނޫނަސް ޚަބަރުތަކުގައި އޭނާގެ ނަން އެކި ގޮތްގޮތަށް އަންނަ ތަރިއެކެވެ.
ޕަވިތުރަ ކުރީގައި ރައްޓެހިވެގެން އުޅުން ޕާރަސް ޗަބްރާ ވަނީ އޭނާއަށް ޕަވިތުރަ ބޭވަފާތެރިވިކަމަށް ތުހުމަތުކޮށްފައެވެ. ޕާރަސް ބުނިގޮތުގައި އޭނާއާއެކު ޕަވިތުރަ އުޅުނީ އެހެންމީހަކާއި ކައިވެނީގެ ގޮތުން ގުޅިގެންއުޅެމުންނެވެ. މި ވާހަކަ ޕާރަސް ބުނެފައިވަނީ ޕަވިތުރަ ބިގްބޮސްގެ ގެއަށް ވަނުމުގެ ކުރިންނެވެ.
މި ތުހުމަތުތަކަށް ޕަވިތުރަ މިހާރުވަނީ ޖަވާބު ދީފައެވެ. ދާދި ފަހުން ޓައިމްސް އިންޑިޔާ އަށް ދިން އިންޓަވިއުއެއްގައި ޕަވިތުރަ ވަރަށް ނުރުހުންވެފައި ބުނީ އޭނާއަށް އޭނާ ކުރާ ކަންކަން އެނގޭ ކަމަށާއި އޭނާ އަކީ ކޮންކަހަލަ މީހެއްކަން އެހެންމީހަކުގެ ފަރާތުން އެނގެން ބޭނުން ނުވާކަމަށެވެ.
އަދި ޕަވިތުރަ ބުނިގޮތުގައި އެއީ ޒުވާން ދުވަސްވަރު ކަމަށާއި ނަމަވެސް ޕާރަސްއާއެކު އުޅެމުން އެހެން މީހަކާއި އެކު ގުޅުމެއް ބާއްވާފައި ނުވާނެކަމަށެވެ. މީގެ އިތުރުން އޭނާ އާ ގުޅޭ ކޮންމެ މީހަކަށްވެސް އޭނާގެ ކުރީގެ ދިރިއުޅުން އަންގައިދޭ ކަމަށަށް ބުންޏެވެ. ނަމަވެސް ޒުވާން ދުވަސްވަރުގެ ދިރިއުޅުން އެކަކަށްވެސް ނޭނގޭނެ ކަމަށް ޕަވިތުރަ ބުންޏެވެ. އަދި ޕާރަސް އާއި ރައްޓެހިވީ ކުރީގެ ފިރިމީހާ ދޫކޮށްފައި ދިއުމުން ކަމަށްވެސް ޕަވިތުރަ ބުންޏެވެ.
ޕާރަސް އޭނާއަށް ކުރި ތުހުމަތަށް މީގެ އިތުރަށް އެއްޗެއް ނުބުނާނެ ކަމަށާއި، އެންމެންގެ ސަމާލުކަން ހޯދުމަށް އޭނާގެ ނަން ބޭނުން ކުރާނީ ކަމަށްވެސް ޕަވިތުރަ ވަނީ ތުހުމަތު ކޮށްފައެވެ.
މީގެ އިތުރުން ޕަވިތުރަގެ ކުރީގެ ފިރިމީހާ ސުމިތް މަހޭޝްވަރީ ދާދިފަހުން، ޕަވިތުރަ ހުރީ އަދިވެސް އޭނާގެ އަތްނބެއްގެ ގޮތުގައި ކަމަށް ބުނި ބުނުމަށްވެސް އޭނާ ވަނީ ރާއްދު ދީފައެވެ. ޕަވިތުރަ ބުނީ އެކަމާއި ގުޅޭގޮތުން އޭނާ ވާހަކަ ދައްކާނީ ފަހުންކަމަށާއި ހަގީގަތް ވަރަށްއަވަހަށް ފަޅާ އަރާނެކަމަށެވެ.
2009 ވަނަ އަހަރު އެމްޓީވީގެ ރިއަލިޓީ ޝޯވ "ސްޕްލިޓްސްވިލާ3″ އިން ޓީވީ އިންޑަސްޓްރީއަށް ނުކުއިތް ޕަވިތުރަ ޕޫނައި މިހާތަނަށް ވަނީ ގިނަ ޓީވީ ސީރީޒްތަކާއި ރިއަލިޓީ ޝޯވ ތަކުން ފެނިގެން ގޮސްފައެވެ.