ވިސްނުން ބަދަލުކޮށް ޔާމީން މުއިއްޒުއަށް ތާއީދު ކުރައްވައިފި

ވިސްނުން ބަދަލުކޮށް ޔާމީން މުއިއްޒުއަށް ތާއީދު ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
07 އޮގަސްޓް 2023 09:59
0

އިދިކޮޅު ކޯލިޝަންގެ ލީޑަރު ރައީސް ޔާމީން ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒުއަށް ތާއީދު ކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލް ޖަމީލް ވިދާޅުވީ ޕްރޮގެސިވް ކޮންގްރެސް ކޯލިޝަން އަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސްގެ ސެނެޓާއި ޢާއްމު މެމްބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާއެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއް ކަމަށެވެ.

ޖަމީލް ވަނީ ރައީސް ޔާމީންގެ ނިންމެވުން ބަދަލު ކުރައްވައި މުއިއްޒުއަށް ތާއީދު ކުރައްވާފައިވާކަން ހާމަ ކުރައްވާފައެވެ.

ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާފަ. އަދި އަޅުގަނޑުގެ ފުރިހަމަ ތާއީދު ތިޔަކެނޑިޑޭޓުންނަށް ލިބިވަޑައިގަންނަވާނެ.

– ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ އެމަނިކުފާނަށް އިންތިޚާބުގައި ވާދަ ނުކުރުމުން އިންތިޚާބު ބޮއިކޮޓް ކުރުމަށް ތަކުރާރުކޮށް އެދިފައެވެ. ނަމަވެސް ޕްރޮގްރެސިވް ކޯލިޝަންގެ ޖޮއިންޓް ސެނެޓުން ނިންމާފައިވަނީ އިންތިޚާބުގައި ވާދަކުރުމަށެވެ. މިނިންމުން ރައީސް ޔާމީނަށް ފޮނުވުމުން ވަނީ ޖޮއިންޓް ސެނެޓްގެ ނިންމުމަށް ތާއީދު ކުރައްވައި މުއިއްޒުއަށް ތާއީދު ކުރައްވާފައެވެ.

މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް އިލެކްޝަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައެވެ. މުއިއްޒުގެ ރަނިން މޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.

އިދިކޮޅު ކޯލިޝަނުގެ މައިނޯރިޓީ ޕާޓީ، ޕީއެންސީން ރިޔާސީ އިންތިހާބަށް ނުކުންނާނެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުއިއްޒު ކަނޑައެޅީ އެ ކޯލިޝަނުގެ ރިޔާސީ ޓިކެޓު އަރުވާފައިވާ، ކުރީގެ ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަ ނުކުރެއްވޭ ހާލަތެއް ކުރިމަތިވެއްޖެ ނަމައެވެ.

އެ ނިންމުން އެގޮތަށް ނިންމާފައި އޮއްވައި އިއްޔެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ހުކުމްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިމިނަ
ގޮތް ހުސްވީ! ތަގްދީރަކާއި ނުކުޅެވޭނެއެވެ. ތިޔަދެން ޕާރޓީވެސް ގެއްލުނީއެވެ. އެއްއްޗެއް ހޯދި ގޮތަކަށް އެއެއްޗެއް އަބުރާ ދާނެއެވެ. ސަލާމް