މުއިއްޒުގެ ކެންޑިޑެސީ ފޯމު 10 ޖަހާއިރު ހުށަހަޅަނީ

މުއިއްޒުގެ ކެންޑިޑެސީ ފޯމު 10 ޖަހާއިރު ހުށަހަޅަނީ

Author
މުޙައްމަދު ޝަޒައިމް
07 އޮގަސްޓް 2023 08:42
0

ބޮޑު ޚިޔާލް ތަފާތުވުމެއްގަިއ އޮތް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީއެންސީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ މާލެ ސިޓީގެ މޭޠަރު ޑރ.މުހައްމަދު މުއިއްޒު ކެންޑިޑެސީ ފޯމު 10 ޖަހާއިރު ހުށަހެޅުމަށް ނިންމައިފިއެވެ.

މުއިއްޒު ފޯމު ހުށަހެޅުމަށް ނިންމަވާފައިވާއިރު، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ކަނޑައެޅުއްވި ރައީސް ޔާމީންގެ ޖަލުހުކުމާއި ސާބިތު ދަރަންޏާއި ގުޅިގެން އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމި ނިންމުމާއިއެކު ރައީސް ޔާމީން ވަނީ އިންތިޚާބު ބޮއިކޮޓް ކުރުމަށް އަންގަވާފައެވެ.

ނަމަވެސް އިދިކޮޅު ޖޮއިންޓް ސެނެޓްގައި މަޝްވަރާ ކުރުމަށްފަހު ނިންމީ އިންތިޚާބުގައި ވާދަކޮށް، އިންތިޚާބު ކާމިޔާބު ކުރުމަށްފަހު ރައީސް ޔާމީން މިނިވަން ކުރުމަށެވެ. މުއިއްޒު މިއަދު ފޯމު ހުށަހަޅުއްވާއިރު، ރައީސް ޔާމީން ވަނީ ސެނެޓްގެ ނިންމުމަށް ދެކޮޅު ހައްދަވައި މުއިއްޒު ފޯމު ހުށަހަޅުއްވައިފިނަމަ ތާއީދު ނުކުރާނެކަން ހާމަކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ޔާމީން ގަބޫލުފުޅު ކުރައްވާ ގޮތުގައި އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެ މަނިކުފާގެ ކެންޑިޑެސީ އިލެޖްޝަންސް ކޮމިޝަނުން ބަލައިގަތީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ އެކު، ޔާމީންގެ އިންތިހާބީ ހައްގު އުނިވެ އެވެ. އެހެންވެ، އިންތިހާބީ ހައްގު އުނިވާ ނަމަ އިންތިހާބު ބޮއިކޮޓް ކުރަން އެ މަނިކުފާނު އެދިވަޑައިގަތެވެ.

ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓްގެ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވި 126 މީހުންގެ ތެރެއިން 67 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ އިންތިހާބު ބޮއިކޮޓް ނުކުރާށެވެ. ނަމަވެސް ޔާމީން އެ ނިންމުން ގަބޫލުފުޅު ނުކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.