"ދޯނޯ" ގެ ޓީޒާ ދައްކައިލައިފި

"ދޯނޯ" ގެ ޓީޒާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
06 އޮގަސްޓް 2023 09:15
0

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް ގެ ހަދު ދަރިފުޅު ރަޖްވީރު ޑިއޯލް ބޮލީވުޑަށް ތައާރަފްވާ ފިލްމް "ދޯނޯ" ގެ ޓިޒާއެއް ދައްކައިލައިފިއެވެ.

ރާޖްވީރު ބޮލީވުޑްއަށް ތައާރަފް ވާއިރުގައި އޭނާގެ ބޭބެ އަދި ސަނީ ގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ވަނީ "ޕަލްޕަލް ދިލްކޭ ޕާސް" ކިޔާ ފިލްމް އަކުން 2019 ވަނަ އަހަރު ބޮލީވުޑް އަށް ތައާރަފްވެފައިއެވެ.

މީޑިއާތަކުން ބުނީ މި ފިލްމަކީ ޑެސްޓިނޭޝަން ވެޑިންއަކަށް ބިނާކޮށް ހަދާ އާއިލީ ލޯބީގެ ފިލްމެއް ކަމަށެވެ. ރާޖްވީރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމްގެ ބަތަލާގެ ރޯލު ކުޅޭނީ ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަންގެ ދަރިފުޅު ޕަލޯމާ ތަކޭރިއާ ދިލަން، 27، އެވެ.

 

View this post on Instagram

 

A post shared by Dono (@donothefilm)

މި ފިލްމަކީ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނީޝް ބަރްޖަތިއާ ޑައިރެކްޝަނަށް ނުކުންނަ ފިލްމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.