ގާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު

ގާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު

Author
މުޙައްމަދު ޝަޒައިމް
03 އޮގަސްޓް 2023 01:14
0

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ހަމަޖައްސަވައިފިއެވެ.

ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހަމަޖެއްސިވާ 24 ގަޑި އިރުނުވަނީވެސް އަލީ ވަހީދު އިންތިޚާބީ އެޖެންޓަކަށް ހަމަޖެއްސެވީ މިއަދުއެވެ.

ޖޭޕީގެ ރައީސްގެ މަގާމުގައި އަލީ ވަހީދު ހުންނަވަނިކޮށް، އެ ޕާޓީގެ އަސާސީ ގަވައިދަށް ގެނައި އިސްލާހަކާ ގުޅިގެން އޭނާއަށް މަގާމު ގެއްލުނީއެވެ. ނަމަވެސް، އޭނާއަކީ އަދިވެސް އެ ޕާޓީގެ މެމްބަރެކެވެ.

ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ކަމުގެ މަގާމުގައި ތިއްބަވަނީ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ނަވާޒާއި ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދުގެ އިތުރުން ކުރީގެ ނައިބު ރައީސް ޖިހާދެވެ. މިއާއެކު މިހާރު ގާސިމްގެ ސްޕެޝަލް އެޑްވައިޒަރުންގެ އަދަދު ވަނީ ހަތަކަށް އަރައިފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޤާސިމް އަދި ފޯމު ހުށަހަޅުއްވާފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.