"ދޯނޯ" ގެ ޕޯސްޓަރެއް

"ދޯނޯ" ގެ ޕޯސްޓަރެއް

Author
ފާތިމަތު ނާވީ
06 އޮގަސްޓް 2023 06:26
0

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް ގެ ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް ބޮލީވުޑަށް ތައާރަފްވާ ފިލްމް "ދޯނޯ" ގެ ޕޯސްޓަރެއް ބެލުންތެރިންނަށް ދައްކާލައިފި އެވެ.

ރާޖްވީރު ބޮލީވުޑްއަށް ތައާރަފް ވާއިރުގައި އޭނާގެ ބޭބެ އަދި ސަނީ ގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް ވަނީ "ޕަލްޕަލް ދިލްކޭ ޕާސް" ކިޔާ ފިލްމް އަކުން 2019 ވަނަ އަހަރު ބޮލީވުޑް އަށް ތައާރަފްވެފައިއެވެ.

މީޑިއާތަކުން ބުނީ މި ފިލްމަކީ ޑެސްޓިނޭޝަން ވެޑިންއަކަށް ބިނާކޮށް ހަދާ އާއިލީ ލޯބީގެ ފިލްމެއް ކަމަށެވެ. ރާޖްވީރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމްގެ ބަތަލާގެ ރޯލު ކުޅޭނީ ކުރީގެ މަޝްހޫރު ބަތަލާ ޕޫނަމް ދިލަންގެ ދަރިފުޅު ޕަލޯމާ ތަކޭރިއާ ދިލަން، 27، އެވެ.

މި ފިލްމަކީ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ދަރިފުޅު އަވްނީޝް ބަރްޖަތިއާ ޑައިރެކްޝަނަށް ނުކުންނަ ފިލްމެސްމެއެވެ.

 

View this post on Instagram

 

A post shared by Rajshri (@rajshrifilms)

ސޫރަޖްގެ އާއިލީ ފިލްމު ކުންފުނި، ރާޖްޝްރީ ޕްރޮޑަކްޝަނުން ރަޖްވީރް، 29، ބޮލީވުޑަށް ނެރެން ނިންމިކަން އިއުލާންކުރީ 2021 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.