ރައީސަށް އެއްބުރުން ކާމިޔާބުކުރެވޭނެ ފަސޭހަ ފޯމިއުލާއަކީ ޑރ.ޖަމީލް ވާދަކުރުން: އިމްރާން

ރައީސަށް އެއްބުރުން ކާމިޔާބުކުރެވޭނެ ފަސޭހަ ފޯމިއުލާއަކީ ޑރ.ޖަމީލް ވާދަކުރުން: އިމްރާން

Author
މުޙައްމަދު ޝަޒައިމް
02 އޮގަސްޓް 2023 10:26
0

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެއްބުރުން އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާއަކީ ކުރީގެ ނައިބް ރައީސް ޑރ.ޖަމީލް އިންތިޚާބުގައި ވާދަކުރެއްވުން ކަމުގައި ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓަކަށް އެޕާޓީން ނިންމަވާފައިވަނީ ރައީސް ޔާމީނެވެ. އަދި އެމަނިކުފާނުގެ ރަނިންމޭޓަކަށް ކަނޑައަޅުއްވާފައިވަނީ 2013 ގެ ރިޔާސީ އިންތިޚާބުގައިވެސް އެމަނިކުފާނުގެ ރަނިންމޭޓަކަށް ކަނޑައެޅުއްވި ޑރ.މުހައްމަދު ޖަމީލް އަހުމަދެވެ. ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމް އިއްޔެ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ވަނީ ޝަރުތު ފުރިހަމަ ނުވާކަމަށް ނިންމައި ފޯމް ބަލައި ނުގަންނަ ކަމަށް ނިންމާފައެވެ.

ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި އިދިކޮޅުން ވާދަކުރާނެ ކެނޑިޑޭޓެއް އަދި ދައްކާފައި ނުވެއެވެ. މިނިސްޓަރ އިމްރާން ވިދާޅުވީ ރައީސް ޞާލިހަށް ކުރިއަށް ރޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް އޮތް ރަނގަޅު ފޯމިއުލާއަކީ ޑރ.ޖަމީލް އިންތިޚާބުގައި ވާދަ ކުރެއްވުންކަމަށެވެ.

PPM/PNC ގެ ރިޔާސީ ކެނޑިޑޭޓަކީ ޑރ.ޖަމީލު ކަމަށް ނިންމާނެ ނަމަ ހާދަ ރަނގަޅޭ ބައެއްފަހަރު ހިތައް އަރާ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އެއްބުރުން ކާމިޔާބު ކުރުމަށް އެންމެ ފަސޭހަ ފޯމިއުލާ އަކަށްވާނީ އެ ފޯމިއުލާ.

– ޝައިޚު އިމްރާން ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒަކީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެއްވުމެވެ.

ޔާމީންގެ ގާނޫނީ ޝަރުތެއް އުނިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ އެ މަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިއްވި 11 އަހަރުގެ ޖަލު ހުކުމް އަދިވެސް އެ ގޮތަށް ދެމިއޮތުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިބިލީސް
އިމްރާންމެންނަކީީ ތަންދޮރުނުދަންނަަ ޖާހިލުންކަންް ސާފުކޮއްއެގޭެ ތިކަހަލަަ އެބޫޅެމިބޫޅޭންްނަކައްް ދެއްކޭވާހަކައެއްވެސްް ނޭގޭނެކަންް އެގޭެ އިމުރާނޫޫ ކަލޭތީކާކުު ތަނެއްދޮރެއްނުފިލާާ ބުރާންްޗެއްް ކަލެޔައްނޭގޭޭ ފޮށާގަޑުވެއްޓިި އޭގެމައްޗައްް ނަޖިސްް އެޅޭއިރުވެސްް ބުރާންޗާާ ތިތަނައްް ތަންދޮރުފިލާާ މީހަކައްފުރުސަތުދީފަަ ގެޔައްކޮފިއްޔާާ މާތާހިރުވާނެެ ދެންވެސްް ގެޔައްގޮއްސަވެސްް ކިޔަވައިގެންް ތަހުޒީބުު މުޖުތަމައައްް އުޅެންސްކުރިއްޔާާ މާތާހިރުވާނެެ މިދައުރުނިމޭއިރުު ކަލޭމެންގެެ އަގަކިހާވަރެއްވޭތޯޯ ބަލަންތިބޭާ ތިތިބީގޮތްހުސްވެެ މަގުމަތިވެެ އަޅާލާނެެ މީހެއްނެތްކަންް އެގޭވަރައްް ގޮސްގެންް ޕްޝަރައްް ވެއްޓިި ކިޔޭނުކިޔޭޭ އެއްނޭގިފާކަންވެސްް އެންމެންނައްް އެގިހާމަވޭޭ
ކަލޯއިމުރާނު ކަލޭ ކަލޭސޭހުކިޔަނީ ކީއްވެ މިގައުމުގާ ދީނާހިލާފުވާ ކަންކަން ކަލޭހައްލުކޮއްބަލަ ކަލެޔަކީކޮންއެއްޗެއް ކިޔަވާގެން އުޅޭ މީހެއް މީހާގެ ދާއިރާގެ ކަންކަން ހައްލުކޮއްބަލަ