ރައީސް ސޯލިހް ށ. މިލަންދޫގައި. އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދެންނެވި.

ނަލަންދޫ ރިސޯޓަކަށް ބަދަލު ކުރުން ވަރަށް އަވަހަށް ފެށޭނެ: ރައީސް

ނަލަންދޫ ރިސޯޓަކަށް ބަދަލު ކުރުން ވަރަށް އަވަހަށް ފެށޭނެ: ރައީސް

ށ. މިލަންދޫ ކައިރީގައި އޮންނަ ށ. ނަލަންދޫ ރިސޯޓަކަށް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި އެ ތަނަށް އިންވެސްޓް ކުރަން ބޭނުންވާ މީހުން ތިބި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިލަންދޫގައި ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ނަލަންދޫގައި ރިސޯޓެއް ހެދުމަކީ މި ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އެމަނިކުފާނާ ބައްދަލުވާ ކޮންމެ ފަހަރަކު އެ ވާހަކަ ދައްކާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ނަލަންދޫއަކީ އެކުއަކަލްޗަ މަސައްކަތަށް ބޭނުން ކުރާ ރަށެކެވެ. އެ ތަނުގައި އާންމު ގޮތެއްގައި ކުރަނީ ހުއިފިލަނޑާ ދިރުވައި އާލާ ކުރުމުގެ މަސައްކަތެވެ. އެ ރަށް ރިސޯޓަކަށް ނުހެދި ލަސްވީ އެ ރަށަށް އިންވެސްޓްކޮށްފައި ތިބި ފަރާތްތަކަށް ބަދަލު ނުދެވި އެ ރަށް އަދިވެސް އަތުލެވިފައި ނުވާތީއެވެ.

ރައީސް ވިދާޅުވީ އެ ފަރާތްތަކަށް ބަދަލު ދިނުމުގެ ކަންކަން މިހާރު އޮތީ ނިމުމަކާ ހަމައަށް އައިސްފައި ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ އިންވެސްޓްކޮށްފައި ތިބި ފަރާތްތަކަށް ބަދަލު ދިނުމުގެ މަރުހަލާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ނަލަންދޫ އަށް އިންވެސްޓް ކުރާނެ މީހުން ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ރަށުގެ ރައްޔިތުން އެދޭ ގޮތަށް ނަލަންދޫ ރިސޯޓަކަށް ބަދަލުވުމުގެ މަސައްކަތް ދާދި އަވަހަކަށް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މިލަންދޫ ރައްޔިތުން ބޭނުންވާ ހޮސްޕިޓަލް މަސައްކަތް ފެށުމަށް ބަޔަކާ ހަވާލު ކުރެވި، ހޮސްޕިޓަލް އަޅާ ސަރަހައްދު މޮބިލައިޒް ކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ލަސްތަކެއް ނުވެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވެސް ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *