ޖުލައި 26 ބަންދާއި، އަންނަ ހުކުރު ހޮނިހިރުގައިވެސް ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާނެ

ޖުލައި 26 ބަންދާއި، އަންނަ ހުކުރު ހޮނިހިރުގައިވެސް ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާނެ

މިނިވަންދުވަހާއި ގުޅުވައިގެން މިއަދާއި މާދަމާ ބަންދުވިޔަސް ސްޕްރީމް ކޯޓު ހުޅުވިފައި ހުންނާނެ ކަމަށް އެކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން ބުނެފައިވަނީ މިނިވަން ދުވަހާ ގުޅިގެން މި ހަފްތާގައި އަންނަ ބަންދުގައި ވެސް އެކޯޓުން ވަކި ވަގުތުތަކެއްގައި މައްސަލަތައް ބަލައިގަންނާނެ ކަމަށެވެ. އަދި ހަފްތާގެ ހުކުރާއި ހޮނިހިރުގައި ވެސް ކޯޓް ހުޅުވާފައި ހުންނާނެ ކަމަށް ސުޕްރީމް ކޯޓުން ބުނެ އެވެ.

ޖުލައި 26  މިއަދު ސްޕްރީމް ކޯޓު ހުޅުވިފައި ހުންނާނީ ހެނދުނު 9 އިން 10 އަށް، އަދި މެންދުރުފަހު 1 އިން 2 އަށެވެ.

މާދަމާ ހެނދުނު 9 އިން 10 އަށް، އަދި މެންދުރުފަހު 1 އިން 2 އަށް ސްޕްރީމް ކޯޓު ހުޅުވާފައި ހުންނާނެއެވެ.

އަދި ޖުލައި 28 ވަނަ ދުވަހު މެންދުރުފަހު 2:30 އިން 3:30 އަށް ސްޕްރީމް ކޯޓު ހުޅުވިފައި ހުންނައިރި ޖުލައި 29 ގައި  ހެނދުނު 9 އިން 10 އަށް، އަދި މެންދުރުފަހު 1 އިން 2 އަށް އެކޯޓު ހުޅުވާފައި ހުންނާނެއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ރިޔާސީ ރޭހުގައި ވާދަކުރައްވާ ކެނޑިޑޭޓެއްގެ ޝަރުތާއި މެދު ޚިލާފު އުފޭދޭ މައްސަލަތަކާއި ރިޔާސީ އިންތިޚާބާއި ގުޅޭ އެހެން މައްސަލަތައް ވެސް ބެލުމުގެ ބާރު ލިބިފައި ވަނީ ސުޕްރީމް ކޯޓަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *