ދެމުށް ފުރާ ބޭސްކައިގެން ނަމަވެސް ހަމައިގާ ހުރުން މުހިއްމު: ޑރ.އިޔާޒު

ދެމުށް ފުރާ ބޭސްކައިގެން ނަމަވެސް ހަމައިގާ ހުރުން މުހިއްމު: ޑރ.އިޔާޒު

ދެމުށް ފުރާ ބޭސްކައިގެން ނަމަވެސް ހަމައިގާ ހުރުމަކީ މާ މުހިންމު ކަމެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޝައިޚު ޑރ.އިޔާޒު މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ހިތުގެ އާލާސްކަންފުޅު ހުންނަ ބޭފުޅެއް ކަމަށާއި ކޮންމެ ދުވަހަކު ފަރުވާއަށް މުށުފުރާ ބޭސް ބޭނުން ކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އަށް ފުރައްސާރަ ކުރެއްވުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.

ޝައިޚު ޑރ.އިޔާޒު ވިދާޅުވީ ސިޔާސީ ގޮތުން ކުރި އެއްވެސް މަސައްކަތަކުން ރައީސް ޞާލިހު ބަލި ނުކުރެވުނު ކަމަށެވެ. އެއްވެސް ގޮތަކުން ރައީސް ޞާލިހު ބަލިކޮށް ނުލެވުމުން މިހާރު މަސައްކަތް ކުރަމުންދަނީ މަލާމާތާއި ފުރައްސާރަ ކޮށްގެންވެސް ރައީސް ޞާލިހު ބަލި ކޮށްލުމަށް ކަމަށެވެ. ނަމަވެސް އެކަން ކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ޝައިޚު ޑރ.އިޔާޒު ވިދާޅުވިއެވެ.

ދެމުށް ފުރާ ބޭސްކައިގެން ނަމަވެސް ހަމައިގާ ހުރުން މުހިއްމު. ގޮތް ހުސްވެ ދައްކާނެ ވާހަކައެއް ނެތުނީމާ މަލާމާތާއި ފުރައްސާރަކޮށްގެން ނަމަވެސް ބަލިކޮށްލެވޭތޯ ބަލާނެ. އެހެންނަމަވެސް، މާތް ރަސްކަމާންގެ ރަޙްމަތާއި އެކު ރައީސް ޞާލިހު އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއްބުރުން.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ހަރުގެ އަށް އެއްވެފައި ތިބި ޑިމޮކްރެޓުންނާއި ސަޕޯޓަރުންގެ ހުނުމާއި ހަޅޭކުގެ ތެރެއިން ދައްކަވަމުން ގެންދެވި ވާހަކައިގައި ނަޝީދު ވިދާޅުވީ ރައީސް ސޯލިހު މުސްކުޅިވެއްޖެ ކަމަށެވެ. ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ލަސްކަން ސިފަ ކުރައްވައި ނަޝީދު ވިދާޅުވީ "ދިއްދޫ މީހުން ބުނީ ޑިލޭ ސްޕްރޭ ޖަހާފައޭ" ކަމަށެވެ. ރައީސް ސޯލިހުގެ ސިއްހީ ހަލަތާ ގުޅުވައި ފާޑުވިދާޅުވުމަށް ފަހު ނަޝީދު ވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާފައި ހުންނެވި ހަމައެކަނި ކެންޑިޑޭޓު، އިލްޔާސް ލަބީބަށް ތައުރީފު ކުރައްވައިފައެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕެއިން ފެށުމުން އުމުރުގެ ތަފާތު ފެންނާނެ ކަމަށާއި ރަށްރަށަށް ވަޑައިގެން ދެތިން މިނެޓުން ދައްކަން ބޭނުންވާ ވާހަކަތައް ހަމައެކަނި ދައްކާލެވޭނެ ކެންޑިޑޭޓަކީ ވެސް އިލްޔާސް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މިވާހަތަކާއިއެކު އެމަނިކުފާނަށް ގިނަ ބައެއްގެ ފާޑު ކިޔުމާއި ނުރުހުން ވަނީ އަމާޒުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *