ސައުތު ކޮރެއާއަށް ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރަކަށް ސާބިރު ހަމަޖައްސަވައިފި

ސައުތު ކޮރެއާއަށް ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރަކަށް ސާބިރު ހަމަޖައްސަވައިފި

Author
ހުސެއިން
22 ޖުލައި 2023 07:33
0

ދިވެހި ރާއްޖެއިން ސައުތު ކޮރެއާއަށް ކަނޑައަޅުއްވާ ނޮން ރެސިޑެންޓް ސަފީރުކަމުގެ ފަތްކޮޅު، އެ މަގާމަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ހަސަން ސާބިރު، ސައުތު ކޮރެއާގެ ރައީސް ޔޫން ސުކު ޔިއޯލްއަށް އަރުވައިފިއެވެ. ހަސަން ސާބިރު މިހާރު ހުންނެވީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަގާމުގައެވެ.

ނޮން ރެސިޑެންޓް ސަފީރުކަމުގެ ފަތްކޮޅު އެރުވުން އޮތީ ސައުތު ކޮރެއާގެ ސޯލްގައި ހުންނަ ޕްރެޒިޑެންޝަލް ޕެލަސްގައި، މިމަހުގެ 20 ވަނަ ދުވަހުއެވެ.

ސައުތު ކޮރެއާއަށް ދިވެހިރާއްޖެއިން ނޮން ރެސިޑެންޓް ސަފީރަކު އައްޔަން ކުރައްވާފައި މިވަނީ އެމަގާމަށް ބޭފުޅަކު އައްޔަން ނުކުރާތާ ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއުމަށް ފަހުއެވެ. އެ މަގާމުގައި އެންމެ ފަހަކާޖެހެންދެންވެސް ހުންނަވާފައިވަނީ، ޖަޕާނުގެ ސަފީރުކަން ކުރެއްވި، ފޮރިން މިނިސްޓްރީގެ މިހާރުގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.