ޕާސްޕޯޓް ހިފަހައްޓާ ހައްޔަރެއް ނުކުރޭ، ޚަބަރު ފެތުރީ ޑިމޮކްރެޓުން އަޑީގައި ތިބެގެން: ސިޔާމް

ޕާސްޕޯޓް ހިފަހައްޓާ ހައްޔަރެއް ނުކުރޭ، ޚަބަރު ފެތުރީ ޑިމޮކްރެޓުން އަޑީގައި ތިބެގެން: ސިޔާމް

Author
މުޙައްމަދު ޝަޒައިމް
21 ޖުލައި 2023 11:08
0

ސިންގަޕޫރުގައި ޕާސްޕޯޓް ހިފަހައްޓައި، ހައްޔަރު ކުރިކަމަށް މީޑިއާތަކުން ފެތުރި ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އެވާހަކަ ފެތުރީ ރައީސް ދަ ޑިމޮކްރެޓްސް އަޑީގައި ހުންނަވައިގެން ކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް ހައްޔަރުކޮށް ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް ބުނެފައި ވަނިކޮށް މިރޭ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސަން ގުރޫޕްގެ ދަށުން ހިންގާ އެކި ކުންފުނިތަކުގެ އިސްވެރިންނާއި އެމްޑީއޭ އިސް ބޭފުޅުން ވަނީ ސިޔާމަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ސިޔާމް މިރޭ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓައި ހައްޔަރު ކުރިކަމަށް ވާހަކަ ދެއްކީ ބައެއް ނޫސްވެރިން ކަމަށާއި، އެކަން އެހެން ވިކަން އެނގުނީވެސް ނޫސްތަކުގައި ލިޔެފައި އޮތުމުންކަމަށެވެ.

ހަގީގަތް ރައްޔިތުންނަށް ހާމަކޮށް ދިނުމަކީ ނޫސްވެރިންގެ ޒިންމާ. އަޅުގަނޑު ވަރަށް ނަސޭހަތްތެރިވަން ހަގީގަތާއި އެއްގޮތަށް ޚަބަރު ފެތުރުމަށް.

– ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މިކަން ކުރީ ދަ ޑިމޮކްރެޓްސް ބޭފުޅުން އަޑީގައި ތިބެގެންކަމަށެވެ. ހިލްޓަންގެ މައްސަލާގައި ސުވާލު ކުރުކުން ސިޔާމް ވިދާޅުވީ އެމައްސަލައިގެ ތަފްސީލް ދެއްވާނީ އޭނާގެ ލޯޔަރުންކަމަށެވެ. އަދި އެއްވެސް ތަނަކަށް ފައިސާއެއް ދައްކާނަމަ އެފައިސާއެއް ދައްކާނީ ސަން ކުންފުނިން ކަމަށާއި ދިވެހި ސަރުކާރުން ދައްކަން ޖެހޭ އަދި ޒިންމާވާންޖެހޭ ދަރަންޏެއް ނޯންނާނެކަމަށެވެ.

ސިޔާމު މިރޭ ރާއްޖެ ވަޑައިގެންފައި މިވަނީ އޭނާގެ ޕާޓީ އެމްޑީއޭ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހަދައި ކެމްޕޭން ފޯރީގައި ފަށާފައި ވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.