ރަނިން މޭޓަކަށްވުމުގެ އެއްވެސް ޝައުގެއްނެތް: ފައްޔާޒު

ރަނިން މޭޓަކަށްވުމުގެ އެއްވެސް ޝައުގެއްނެތް: ފައްޔާޒު

Author
މުޙައްމަދު ޝަޒައިމް
18 ޖުލައި 2023 01:07
0

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރަނިންމޭޓަށް ވުމަށް އެއްވެސް ޝައުގެއް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ ދެވަނަ ދައުރަކަށް ނުކުންވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. ރަނިންމޭޓްކަމަށް އޭނާ ވާދަކުރައްވާ ކަމުގެ ވާހަކަ ފަތުރަނީ ފައްޔާޒު ތުހުމަތު ކުރެއްވި ގޮތުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައީސްގެ ކެމްޕެއިންގައި ވަރަށް ހަރަކާތްތެރިިކޮށް އުޅުއްވާ މޫސާ މަނިކު (ރީކޯ) އެވެ.

އަޅުގަނޑުގެ އެއްވެސް އިންޓަރެސްޓެއް ތިކަމަކަށް ނެތް. ތިވާހަކަ ކޮންމެވެސް ސަބަކާއި ހުރެ ތިވާހަކައެއް ދައްކަވަމުން ދަނީ ރީކޯ މޫސަ. އެއީ ވަރަށް ދެރަކަމެއް.

– ފައްޔާޒު ވިދާޅުވިއެވެ.

ނަމަވެސް، އެ ތުހުމަތު ފައްޔާޒު، މޫސާ މަނިކަށް އަމާޒުކުރެއްވީ ކޮން ސަބަބަކާ ގުޅިގެން ސާފެއް ނުވެއެެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކީ ކޮން ބޭފުޅެއްކަން އަދި ކަނޑައަޅުއްވާފައި ނުވާއިރު، އިއްޔެ އެ މަނިކުފާނު ވިދާޅުވީ އެއީ "އުނދަގޫ" ނިންމުމަކަށް ވެފައިވާ ކަމަށެވެ.

މި ރިޔާސީ އިންތިހާބަށް އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭ ގުޅިގެން މަސައްކަތް ފަށާފައިވާއިރު، އެ ކޯލިޝަނުގެ ތެރެއިން ރަނިން މޭޓެއް ކަނޑައެޅުމުގެ ފުރުސަތު ވެސް އޮތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ރަނިންމޭޓުންގެ ލިސްޓްގައި އޮތް ކަމަށް އެންމެ ބޮޑަށް ވާހަކަ ދެކެވެނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒާއި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުރުން މިދިޔަ ރިޔާސީ އިންތިހާބުގައިވެސް ރައީސްގެ ރަނިންމޭޓެއްގެ ގޮތުގައި ހުންނެވި މިހާރުގެ ނައިބް ރައީސް ފައިސަލް ނަސީމުގެ ނަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.