"ފުރޭތަ" ގެ ޓްރެއިލާ ދައްކާލައިފި

"ފުރޭތަ" ގެ ޓްރެއިލާ ދައްކާލައިފި

Author
ފާތިމަތު ނާވީ
18 ޖުލައި 2023 11:10
0

ޑާކްރެއިން އެންޓަޓެއިންމަންޓުގެ ކުރިއަށް އޮތް ފިލްމު "ފުރޭތަ"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމް އަކީ އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށް މޮގާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އަހްމަދު ތޮލާލެވެ. ފިލްމުގެ ފައިޓް ކޮރިއޯގްރަފަރަކީ ކުޅަދާނަ އެކްޓަރު ރަވީ ފާރޫގެވެ. ޑާކް ރެއިނުން "ފުރޭތަ" ގެ މަސައްކަތްކުރާތާ މިހާރު ވަނީ ދުވަސްކޮޅެއްވެފައިއެވެ.

ނަމުން މި ފިލްމް އަކީ ބިރުވެރި ފިލްމް އަކަށް ވާނެ ކަމަށް ކުރިން ބެލުވުނަސް ޓްރެއިލާ އިން މިއީ ބިރުވެރި ފިލްމަކަށްވާނެކަމުގެ އެއްވެސް ކުލަވަރެއް ފެންނާކަށް ނެތެވެ.

"ފުރޭތަ" ގެ ކާސްޓްގައި ޝަރަފު އަބްދުﷲ، ރަވީ ފާރޫގް، މުހައްމަދު މަނިކު، އަހުމަދު ސައީދު، އަހުމަދު ރިފްޝާން، އަހުމަދު ނާޝިތު، އަލީ ނަދީހު، އައިމިނަތު އަސީލާ އަދި އާދަމް ރިޒްވީ ހިމެނެ އެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުން ވަނީ މިއަހަރު އެމީހުންގެ ފިލްމު "ބީވީމާ" އޮލިމްޕަހަށް ގެނެއްސައެވެ. ފިލްމުގެ ކާމިޔާބީ އަށްފަހު ޑާކްރެއިންގެ އާ ފިލްމެއް ހަމަ މިއަހަރު އޮލިމްޕަހަށް ގެންނަން ވަނީ ނިންމާފައެވެ. އެއީ "ބަޅިނދު"އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.