މާދަމާ އިން ފެށިގެން އެއަރ ސީޝެލްސްގެ ދަތުރުތައް ރާއްޖެއަށް ފަށައި ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް އިތުރު ކުރަން ނިންމާފައި ވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ހާމަކޮށްފިއެވެ.
އެމްއޭސީއެލުން ބުނީ އެއަރ ސީޝެލްސް އިން ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 1 ދަތުރު ކުރާނެ ކަމަށެވެ.
އެއަރ ސީޝެލްސްގެ ދަތުރުތަށް ރާއްޖެއަށް ފަށަން ތައްޔާރުވެފައިވާކަން އިއުލާންކުރަމުން މީގެ މަހެއްހާ ދުވަސް ކުރިން އެ އެއަރލައިނުން ބުނީ ސައުތު އެފްރިކާގެ ޖޮހޮނަސްބާގުން ވެލާނާ އެއަރޕޯޓަށް 9 ޖަނަވަރީއާއި ހަމައަށް ހަފްތާއަކު އެއްފަހަރު ސީދާ ދަތުރުތައް އެ އެއަރލައިނުން ކުރާނެކަމަށެވެ. މީގެ އިތުރުން ޑިމާންޑަށް ބަލައި ހަފްތާއަކު 3 ފްލައިޓަށް ދަތުރުތަށް އިތުރުކުރަން ޖެހިދާނެ ކަމަށްވެސް އެ އެއަރލައިނުން ވަނީ ބުނެފައެވެ.
Happy to announce that @air_seychelles will start operations to @VelanaAirport on 5th December 2020. pic.twitter.com/tGtn0of9T4
— Maldives Airports Company Ltd – MACL (@MACLmedia) December 3, 2020
މީގެ އިތުރުން ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން އޮކްޓޯބަރުމަހުގެ 17 ވަނަ ދުވަހު ދަތުރުތައްފެށި ބްރިޓިޝް އެއަރވޭސްއިން މިވަނީ ރާއްޖެއަށް ކުރާ ދަތުރުތަށް އިތުރުކުރިކަން އިޢުލާނުކޮށްފައެވެ. ރާއްޖޭގެ ބޯޑަރު ހުޅުވުމުން ދަތުރުތަށް ފެށިއިރު އެ އެއަރލައިނުން ރާއްޖެއަށް ބާއްވާފައިވަނީ ހަފްތާގެ 3 ފްލައިޓެވެ.
އިނގިރޭސި ވިލާތުގައި ދެވަނަ ފަހަރަށް ކޯވިޑްގެ ހާލަތު ގޯސްވުމުން އެގައުމުން ދަތުރުފަތުރު ހުއްޓާލުމަށްފަހު، މާދަމާ ބްރިޓިޝް އެއަރވޭސް ރާއްޖެއަށް ދަތުރު ފަށާއިރު ހަފްތާގެ ކޮންމެ ދުވަހަކުވެސް އެއް ދަތުރު ރާއްޖެއަށް އަޅާނެކަމަށް އެމްއޭސީއެލުން މައުލޫމާތު ދެއެވެ.

އިނގިރޭސި ވިލާތް ފާހަގަވެފައި އޮތީ ރާއްޖޭގެ ބޯޑަރު ޖުލައި 15 ވަނަ ދުވަހު ހުޅުވާލިފަހުން ރާއްޖެއަށް 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ ގޮތުގައެވެ. އެގޮތުން އެ ގައުމު 2 ވަނަ ލޮކްޑައުންއަކަށް ދާންދެން، ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމުތަކުގެ ލިސްޓުގައި އެ ގައުމު އޮތީ ދެ ވަނާގަ އެވެ. ނަމަވެސް އެގައުމު 2 ވަނަ ލޮކްޑައުންއަކަށް ގޮސް ދަތުރުފަތުރު މެދުކަނޑާލުމުން އެގައުމު ފަހަތަށް ޖައްސާލުމަށްފަހު އިންޑިއާ ވަނީ މި ލިސްޓުގެ 2 ވަނައަށް ޖެހިލާފައެވެ. ޖުލައި 15 އިންފެށިގެން މިއަދާ ހަމައަށްވެސް އެއް ވަނާގައި އޮތީ ރަޝިއާ އެވެ.
ކޮމެންޓު ފޮނުވާ